Advertisement
ކ. މާލެ
|
15 ޑިސެންބަރ 2021 | ބުދަ 07:51
ފަލަސުރުހީ ޕްރޮގްރާމްގައި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވާހަކަދައްކަވަނީ،
ފަލަސުރުހީ ޕްރޮގްރާމްގައި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވާހަކަދައްކަވަނީ،
ރާއްޖެއެމްވީ
ތަފާތު ފިކުރުތަކުގެ މައްސަލަ
ދީނީ، ފިކުރީ ބައިބައިވުމުގެ މައްސަލަތަކަކީ އިޖްތިމާއީ މައްސަލަތަކެއްގެ ގޮތުގައި ބަލަންޖެހޭ: ޒަކަރިއްޔާ
ދީނީ ފިކުރީ ބައިބައިވުންތައް ވަރަށް ބޮޑު
އެކުވެރި މުޖުތަމައުއެއް ގާއިމްކުރުމަށް މުޅި މުޖުތަމައު މަސައްކަތް ކުރަން ޖެހޭ
ބާރުގެ ބޭނުން ކޮށްގެން ދާއިމީ ހައްލެއް ނުލިބޭނެ

ދީނީ، ފިކުރީ ބައިބައިވުމުގެ މައްސަލަތަކަކީ އިޖްތިމާއީ މައްސަލަތަކެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޒަކަރިއްޔާ ވިދާޅުވީ ޚާއްސަ ޕްލޭންތަކެއްގެ ތެރެއިން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން ތަފާތު ޕްރޮގްރާމްތަައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދެވޭ ކަމަށެވެ. ނަމަވެސް ތަފާތު ފިކުރުތަކުގެ ސަބަބުން މުޅި މުޖުތަމައުއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، އެފަދަ ކަންކަމަކީ ކެތްކުރެވޭ، ނުވަތަ ތަހައްމަލް ކުރެވޭ ކަންކަމަށްވާންޖެހޭ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

Advertisement

ޒަކަރިއްޔާ ވިދާޅުވީ ދީނީ ފިކުރީ ބައިބައިވުންތައް ވަރަށް ބޮޑު ކަމަށާއި، އެއްބައިވަންތަ އެކުވެރި މުޖުތަމައުއެއް ގާއިމްކުރުމަށް މުޅި މުޖުތަމައު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މި މައްސަލައަކީ ދީނީ މައްސަލައެއްގެ ގޮތުގައި ނުދެކި އިޖްތިމާއީ މައްސަލައެއްގެ ގޮތުގައި ބަލައި މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޖަމާއަތް ބަައިބައިވުމުގެ ސަބަބުން ގެއްލުން ވެގެންދަނީ ޖަމާއަތަށް ކަމަށްވާއިރު، އެއީ އިޖްތިމާއީ މައްސަލައެއް ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

ޑްރަގްގެ މައްސަލަތަކަށް އިޝާރާތް ކުރައްވައި ޒަކަރިއްޔާ ވިދާޅުވީ، އެއީ އިޖްތިމާއީ މައްސަލަތަކެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ކަމަށާއި، އެފަދަ މައްސަލަތައް ހައްލުކުރުމަށް މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭ ކަމަށެވެ.

ޚާއްސަ ގޮތެއްގައި ފާހަގަކޮށްލަން ޖެހޭ އެހާ ފަސޭހައެއް ނޫން ބުނާކަށް ވެސް. އެހެން ނަމަވެސް ދީނީ ފިކުރީ ބައިބައިވުންތައް އަޅުގަނޑުމެންގެ ތެރޭގައި ހަމަ ހިތާމަކުރަން ޖެހޭހާ ބޮޑަށް އެބަ ދޭ. މީގެސަބަބުން އަޅުގަނޑުމެންގެ ދޭދޭ ގުޅުމަށް، އާއިލީ ގުޅުންތަކަށާއި، ރަހުމަތްތެރި ރައްޓެހިންގެ ގުޅުމަށް ވެސް ވަރަށް ބޮޑަށް އަންނަމުންދާތަން ފެންނާނެ. އެހެންވީމަ އެންސީޓީގައި 2017 ގައި ވެސް މަސައްކަތް ކުރަމުން ގެންދިޔައީ މިމައްސަލަ އޮތް މިންވަރު ދެނެގަތުމަށްޓަކައި. ބޭރުގެ މީހުންގެ އެހީތެރިކަމާއި، މިމައްސަލަ ދެނެގެތުމަށްޓަކައި ވަރަށް ގިނަ ވަގުތު ހޭދަ ކުރަން ޖެހުނު.
ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު

ޒަކަރިއްޔާ ވިދާޅުވީ އެއްބައިވަންތަ، އެކުވެރި މުޖުތަމައުއެއް ގާއިމްކުރުމަކީ މަޤްޞަދު ކަމަށްވާއިރު، ބާރުގެ ބޭނުން ކޮށްގެން ދާއިމީ ހައްލެއް ނުލިބޭނެ ކަމަށެވެ. ހަރުކަށި ފިކުރު ބަދަލުވާނީ އެފިކުރު ބަދަލުކޮށްގެން ކަމަށާއި، އެފިކުރު ބަދަލު ކުރުމަށް އެފަދަ މީހުންނަށް ފަރުވާ ދޭންޖެހޭ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. މި މައްސަލައަކީ ވެސް އިޖްތިމާއީ މައްސަލައެއް ކަމުގައި ގަބޫލުކޮށް، އެންމެންގެ އެއްބާރުލުން ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް