ކ. މާލެ
|
14 ޑިސެންބަރ 2021 | އަންގާރަ 01:23
ކޮވިޑް19 - ރޭގަނޑު މާލޭގެ މަގުމަތި
ކޮވިޑް19 - ރޭގަނޑު މާލޭގެ މަގުމަތި
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް-19 ހާލަތު
އިތުރު 127 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ފާއިތުވި 24 ގަޑިއިރު 4،110 ސާމްޕަލެއް ޓެސްޓުކޮށްފައިވޭ
އަތޮޅުތެރެއިން 89 މީހުން ޕޮޒިޓިވްވެފައިވޭ

ފާއިތުވި 24 ގަޑިއިރުތެރޭ 127 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00ން ހޯމަ ދުވަހުގެ 6:00 އާ ދެމެދު 4،110 ސާމްޕަލްއެއް ޓެސްޓުކޮށްފައިވާކަމަށެވެ. މީގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 127 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 26 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 89 މީހުން އަދި ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މި 127 ކޭސްއާއެކު މިހާތަނަށް މުޅި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 93،246 އަށް އަރާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ގުނަމުންދަނީ 1،947 ކޭސްއެކެވެ. މީގެ ތެރެއިން 17 މީހަކަށް ފެސިލިޓީތަކުގައި ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިހާތަނަށް ބަލިން ފަސޭހަވެފައިވަނީ 91،028 މީހުންނެވެ. ބަލީގައި ނިޔާވެފައިވަނީ 258 މީހުންނެވެ.


Advertisement
- ކޮމެންޓް