ކ. މާލެ
|
12 ޑިސެންބަރ 2021 | އާދީއްތަ 10:35
ކޮވިޑުގައި ނިޔާވާ މީހުން ވަޅުމަށް ޚާއްސަ ކުރެވިފައިވާ ހުޅުމާލެ ސަހަރާ
ކޮވިޑުގައި ނިޔާވާ މީހުން ވަޅުމަށް ޚާއްސަ ކުރެވިފައިވާ ހުޅުމާލެ ސަހަރާ
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު 258ށް އަރައިފި
ނިޔާވެފައިވަނީ އުމުރުން 80 އަހަރުގެ އަންހެނެއް

ކޮވިޑް-19 ގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އާދިއްތަ ދުވަހު ބ. އަތޮޅު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދިޔަ މީހަކު ނިޔާވެފައިވާ ކަމަށެވެ.

އެއީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އެމީހާ ނިޔާވެފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 06:35 ގައެވެ.

މިއާއެކުކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ ވަނީ 258ށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުތެރޭ 218 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 20 މީހަކު މާލެ ސަރަހައްދަށް ނިސްބަތްވާއިރު، 188 މީހަކު ނިސްބަތްވަނީ އަތޮޅުތެރެއަށެވެ. އަދި 10 މީހަކު ޕޮޒިޓިވްވެފައިވަނީ ހިނގަމުންދާ ރިސޯޓުތަކުންނެވެ.


Advertisement
- ކޮމެންޓް