ކ. މާލެ
|
10 ޑިސެންބަރ 2021 | ހުކުރު 16:52
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ހުޅުމާލެ މެޑިކަލް ފެސިލިޓީ
އެސްޓީއޯ
ކޮވިޑް ޖެހިގެން މީހަކު ނިޔާވުން
ކޮވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ
ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ޖުމްލަ 256ށް ވަނީ އަރާފައި

ކޮވިޑް-19 ބަލީގައި އިތުރު މީހަކު ނިޔާވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެވްޕީއޭއިން ބުނީ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ މެންދުރު 02:23 ގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއާއެކު ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ ވަނީ 256 އަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 125 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އެއީ މާލެ ސަރަހައްދުން 23 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން 93 މީހުންނާއި އަދި ހިންގަމުންދާ ރިސޯޓުތަކުން 7 މީހުންނެވެ.

މިވަގުތު 1861 އެކްޓިވް ކޭސް އޮތްއިރު، 16 މީހަކަށް އެޑްމިޓް ކޮށްގެން ގެންދަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް 92،754 މީހުން ޕޮޒިޓިވްވެފައިވާއިރު، 90،625 މީހުން ބަލިން ރަނގަޅުވެފައިވެއެވެ.


Advertisement
- ކޮމެންޓް