ކ. މާލެ
|
9 ޑިސެންބަރ 2021 | ބުރާސްފަތި 15:02
2019 ވަނަ އަހަރު މާލޭގައި ލަންކާ އާއި ރާއްޖޭން ކުޅުނު ވޮލީބޯޅަ މެޗެއްގެ ތެެރެއިން
2019 ވަނަ އަހަރު މާލޭގައި ލަންކާ އާއި ރާއްޖޭން ކުޅުނު ވޮލީބޯޅަ މެޗެއްގެ ތެެރެއިން
މިހާރު
ލަންކާ އާއި ރާއްޖޭގެ ވޮލީ މެޗުތައް
ރާއްޖެ އާއި ލަންކާގެ ވޮލީ މެޗު މިރޭ ރާއްޖެޓީވީން ވަގުތުން!
 
ލަންކާއާ ދެކޮޅަށް ރާއްޖޭގެ ވޮލީ ޓީމުން ތިން މެޗެއް ކުޅޭނެ
 
މިރޭ ކުޅޭ މެޗުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެ

މި މަހު ބަންގްލަދޭޝްގައި ފަށާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން މާލޭގައި ސްރީ ލަންކާގެ ގައުމީ ވޮލީބޯޅަ ޓީމާ ދެކޮޅަށް ތިން މެޗެއް ކުޅޭއިރު، ބުރާސްފަތި ދުވަހުގެރޭ ކުޅޭ މެޗު ރާއްޖެޓީވީން ވަގުތުން ގެނެސްދޭނެއެވެ. ބުރާސްފަތި ދުވަހުގެރޭގެ މެޗު އޮންނާނީ 21:00 ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. މި މެޗު ބެލުމަށް ސަޕޯޓަރުންނަށް ހިލޭ ވަދެވޭނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މައުލޫމާތުދެއެވެ.

މި މެޗުތަކަކީ މިދިޔަ ނޮވެމްބަރު މަހު ކުޅިވަރުގެ ދާއިރާއިން ރާއްޖެ އާއި ސްރީ ލަންކާ ގުޅިގެން މަސައްކަތްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ލިބުނު ފުރުސަތެކެވެ. އެގޮތުން ބުރާސްފަތި ދުވަހުގެރޭ ފުރަތަމަ މެޗު ކުޅޭއިރު، އަނެއް ދެ މެޗު ކުޅޭނީ ހުކުރު ދުވަހާއި އާދީއްތަ ދުވަހެވެ. މީގެ ތެރެއިން ބުރާސްފަތި ދުވަހުގެރޭ ކުޅޭ މެޗުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިރޭގެ މެޗުގެ ކުރިން ބުދަ ދުވަހު ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން ވީއޭއެމުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ މިހާރު އޮތް ލަންކާ ޓީމާއި ރާއްޖޭގެ ޓީމުންވެސް ތަފާތުތަކެއް ފެންނަ ކަމަށާއި، އެގޮތުން ދެ ޓީމުގައިވެސް ޒުވާން ކުޅުންތެރިން ހިމެނޭ ކަމަށެވެ. އެހެންކަމުން މި މެޗުތަކަކީ ވަރަށް ވާދަވެރިކޮށް ކުޅެލެވޭނެ މެޗުތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރަނޭ ވަނީ މި މެޗުތަކުގައި ގައުމީ ޓީމުގެ ކުޅުންތެރިން ޑިސިޕްލިން ހިފަަހައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކުމަށް އެދިވަޑައިގެންފައެވެ.

މި އަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ލަންކާއާ ދެކޮޅަށް ރާއްޖޭން އެކުވެރިކަމުގެ ތިން މެޗެއް ކުޅޭއިރު، މީގެ ކުރިން 2019 ވަނަ އަހަރުވެސް މަޚްލޫފުގެ ދައުވަތަކަށް ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ލަންކާއަށް ދައުވަތުދީގެން މާލޭގައި ވަނީ ތިން މެޗެއް ކުޅެފައެވެ.

ލަންކާއާ ދެކޮޅަށް ތިން މެޗެއް ކުޅުމަށްފަހު މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުތައް އިންޑިއާގައި ކޭމްޕުކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.

މި މަހު ބަންގްލަދޭޝްގައި ބާއްވާ މުބާރާތުގައި ގައުމީ ފިރިހެން ވޮލީ ޓީމުގެ އިތުރުން އަންހެން ޓީމުވެސް ވާދަކުރާނެއެވެ. ފިރިހެން ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުން 15 ކުޅުންތެރިންގެ ސްކޮޑެއް މިހާރު ފައިނަލް ކޮށްފައިވާއިރު، ސެންޓްރަލް ޒޯން މުބާރާތަށް ދާނީ 12 ކުޅުންތެރިންގެ ސްކޮޑެކެވެ. އެހެންކަމުން މިހާރު އެކުލަވާލި ސްކޮޑުން އަދި ތިން ކުޅުންތެރިއަކު ބާކީވާނެއެވެ. މި މުބާރާތާ ކުރިމަތިލާއިރު، ދާދި ފަހުން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަނުގެ މަގާމަށް ތަޖުރިބާކާރު ވޮލީ ކުޅުންތެރިޔާ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) ވަނީ ހަމަޖައްސާފައެވެ.

މި މަހު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގާޅުގައި ބާއްވާއިރު، ފިރިހެން މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. އަދި އަންހެން މުބާރާތުގައި ރާއްޖެ އާއެކު ވާދަކުރާނީ ކިރްގިސްތާނާއި، ނޭޕާލާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް