ކ. މާލެ
|
6 ޑިސެންބަރ 2021 | ހޯމަ 12:59
ޒަކާތް ފައިސާ ބަލައިގަތުން
ޒަކާތް ފައިސާ ބަލައިގަތުން
ޝުއައިބް މުހައްމަދު އިގްބާލް
ފަގީރުންނާއި މިސްކީނުންގެ ދަފްތަރު
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ޖުމްލަ 1520 މީހުން ރަޖިސްޓްރީވެފައިވޭ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެ ސިޓީ (މާލެ، ހުޅުމާލެ އަދި ވިލިމާލެ) އިން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 12 ޑިސެމްބަރު 2021ން 30 ޑިސެމްބަރު 2021ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00ން މެންދުރުފަހު 12:30ށް ފޯމު ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިކަމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓް ގެ ލިންކްhttps://islamicaffairs.gov.mv/wp-content/uploads/2021/09/Fageerunge-dhafthar-form-male.pdfއިން ލިބެން ހުންނާނެއެވެ.

އަދި ފޯމުތައް ބަލައިގަތުން ހަމަޖެހިފައިވަނީ މިކަމަށް ޚާއްސަކުރެވިގެން މިނިސްޓްރީގައި ގާއިމްކުރެވޭ ކައުންޓަރުތަކުންނެވެ.

2021 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންނަކީ މި ވަގުތު ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުން ކަމުގައިވާތީ، އެ ފަރާތްތަކުން ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމް ހުށަހަޅަން ނުޖެހޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

1442 ވަނަ އަހަރު މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ޖުމްލަ 1520 މީހުން ރަޖިސްޓްރީވެފައިވެއެވެ.

- ކޮމެންޓް