Advertisement
ކ. މާލެ
|
4 ޑިސެންބަރ 2021 | ހޮނިހިރު 14:57
މަރުހަބާ ރައީސް ޔާމީނު ޖަލްސާގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަދައްކަވަނީ،
މަރުހަބާ ރައީސް ޔާމީނު ޖަލްސާގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަދައްކަވަނީ،
ޕީޕީއެމް
ރައީސް ޔާމީނުގެ ރަނިންމޭޓް
ރަނިންމޭޓްކަން ގަބޫލުކުރުމުން ގާތް އަޚުންގެ ފަރާތުން ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު: ޑރ.ޝަހީމް
ދެން އޮތީ ހިތްވަރާއި އަޒުމްގެ މަރުހަލާ
2023 ގައި ރައީސް އަބްދުﷲ ޔާމީނުގެ ޒައާމަތެއް މިގައުމުގައި ގާއިމްކުރަން ޖެހޭ

ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓްކަން ގަބޫލުކުރުމުން ވަރަށް ގާތް އަޚުންގެ ފަރާތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މަރުހަބާ ރައީސް ޔާމީން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ މިވަގުތަކީ އަޒުމް އައު ކުރަންވީ ވަގުތު ކަމަށާއި، ޕީޕީއެމްގެ ޒައާމަތެއް، ރާއްޖޭގައި ގާއިމް ކުރުމުގެ އަޒުމް އައު ކުރަން ޖެހޭ ކަަމަށެވެ. އެގޮތުން މިހާރު މާޔޫސްވުމުގެ މަރުހަލާ ނިމިފައިވާ ކަމަށާއި، ދެން އޮތީ ހިތްވަރާއި އަޒުމްގެ މަރުހަލާކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

Advertisement

2018 ވަނަ އަހަރު ރައީސް ޔާމީންގެ ރަނިންމޭޓްކަން ގަބޫލުކުރުމުން ދިމާވި ދަތިތަކަށް އަލިއަޅުއްވާލައްވަމުން ޑރ.ޝަހީމް ވިދާޅުވީ ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި ކަމަށާއި، ވަރަށް ގާތް އަޚުންގެ ފަރާތުން ވެސް ވަރަށް ދެރަ ކަންކަމާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.

އެއީ އިސްލާމީ އިލްމުވެރިއެއްގެ ގޮތުގައި ހުރެ ވަގަކަށް ތާއީދު ކުރީ ކަމަށް ބުނެ، އަޅުގަނޑުގެ އިއްޒަތާއި، ކަރާމާތް ނަގާލަން މަސައްކަތް ކުރި. އެހެންނަމަވެސް ދިވެހިރާއްޖޭގެ އަދުލުގެ އެންމެ މަތީ ނިޒާމު ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް މައުސޫމުކަން ކަނޑައެޅިގެން ދިއުމުން އެކަމުގެ އުފާވެރިކަމުގެ ކަރުނަ އަޅުގަނޑުގެ ލޮލުން އޮހޮރިގެން ދިޔަ. އެއީ އޭރު ވެސް މިއަދު ވެސް މާދަމާ ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް ޔާމީނަށް ދައުލަތުގެ މުދަލުން ވައްކަން ކުރައްވާފައިވާނެ ކަމަކަށް. ރައީސް ޔާމީންގެ ވެރިކަން ފުރޮޅާލަން މަސައްކަތް ކުރެއްވީ އިސްތިއުމާރީ ބާރުތަކުން ވާގިވެރިވެގެން. އެހިސާބުން އަޅުގަނޑުމެން މުސްލިމުން ހައިސިއްޔަތުން ގަބޫލުކުރަން ޖެހޭ އެވެރިއެއްގެ ކިބައިގައި އަޅުގަނޑުމެން ގަބޫލުނުކުރާ ބައެއް ކަންކަން ހުރި ނަމަވެސް އެސަރުކާރެއްގައި ދުޝްމަނުންގެ ލޮންސިތައް އަމާޒު ކުރެވިފައިހުރި ދިމާ ރަނގަޅަށް ބަލާފައި އެއީ މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން ގޮސް ހުއްޓި ނަސްރުދޭން ޖެހޭ ދިމާއަކީ.
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މިގައުމުގެ އިސްލާމީ ވަހުދަތާއި، މިނިވަންކަން ނެގެހެއްޓުމުގެ އިތުރުން ޒުވާނުންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވައި ޑރ.ޝަހީމް ވިދާޅުވީ 2023 ގައި ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތެއް މިގައުމުގައި ގާއިމްކުރަން ޖެހޭ ކަމަށެވެ.

ޑރ.ޝަހީމް މިމޭރުމުން ވާހަކަދައްކަވާއިރު، އެދުވަސްވަރު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެގެން ދިޔައެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގައި އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުހައްގުން ޖަލައްލާފައިވާތީ ކަމަށް ބުނެއެވެ.

ޑރ.ޝަހީމަކީ ޝެއިޚް އިމްރާނާއި ގާތް ބޭފުޅަކަށްވެފައި، ގިނަ ދުވަސްތަކެއް ވަންދެން އަދާލަތު ޕާޓީގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށްވާތީ ކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެއެވެ. ޑރ.ޝަހީމް މީގެ ކުރިން ވަނީ އެޕާޓީގެ އިލްމުވެރިންގެ މަޖިލީހާއި މަޝްވަރާ މެންބަރެއްގެ އިތުރުން ޚާރިޖީ ކަންކަމާއި ބެހޭ ކޮމިޓީގެ ރައީސް ކަމުގައި ހުންނަވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް