Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2024 | އަންގާރަ 14:57
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް
ރާއްޖެއެމްވީ ގްރެފިކްސް
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޒަމީރަށް ފޮރިން މިނިސްޓަރުކަން ވިއްކީ 1 މިލިއަން ޑޮލަރަށް: ޔާމީން
ޑެޕިއުޓީ މިނިސްޓަރެއް ނަމަ އެމީހަކަށް މަގާމު ދޭނީ އައިފޯނަކާ މިތަށް ހާސް ރުފިޔާ
މަގާމުތައް ވިއްކުމުގައި އިސްވެ ހުންނެވީ މިހާރުގެ މަޖިލިސް ރައީސް އަބްދުއްރަހީމް ކަމަށް ޔާމީން ވިދާޅުވި
އެމްއެމްޕީ ޚިޔާނާތުގެ ފައިސާ ޑރ. މުއިއްޒު އަދި އަބްދުއްރަހީމް ނެންގެވި ކަމަށް ޔާމީން ވަނީ ތުހުމަތު ކުރައްވާފައި

ފޮރިން މިނިސްޓަރ ކަމުގެ މަގާމު މޫސާ ޒަމީރަށް ވިއްކީ 1 މިލިއަން ޑޮލަރަށް ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ވިދާޅުވީ، ޑރ. މުއިއްޒުގެ ސަރުކާރުގެ މަޤާމުތައް ހުރީ ވިއްކާފައި ކަމަށާއި އެކަމުގައި އިސްވެ އުޅުއްވީ، ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށެވެ.

Advertisement

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ 'ފްރޮންޓް އޮފީސް ޖަލްސާ' ގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީގެ ޗެއަރ ޕާސަންކަންވެސް ކުރައްވާ އަބްދުއްރަހީމް އަބްދުއްރަހީމް އިސްވެ ހުންނަވައިގެން ސްޓެލްކޯގައި އޮފީސް ހައްދަވައިގެން ސަރުކާރުގެ މަޤާމްތައް ހުރީ ވިއްކާފައި ކަމަށެވެ.

މިކަމުގެ ތަފްސީލް ދެއްވަމުން ޔާމީން އިތުރަށް ވިދާޅުވީ، ޑެޕިއުޓީ މިނިސްޓަރެއް ނަމަ އެމީހަކަށް މަގާމު ދޭނީ އައިފޯނަކާ މިތަށް ހާސް ރުފިޔާ ކަމަށާއި، ސްޓޭޓް މިނިސްޓަރެއް ނަމަ މަގާމު ދޭނީ މިވެނި ވަރަކަށް ފައިސާ ދިނުމުން ކަމަށާއި، ޒަމީރުމެން ކަހަލަ ބޭފުޅުންނަށް އެއް މިލިއަން ޑޮލަރަށް މަގާމު ދޭން އަބްދުއްރަހީމް ނިންމެވި ކަމަށެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައިވެސް ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި މި ބޮޑު ޚިޔާނާތާ ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ، ޚިޔާނާތުގެ ލިސްޓުގައި ގިނަ ފަރާތްތަކެއް ތިބި ކަމަށާއި، އެ ފަރާތްތަކާމެދު ފިޔަވަޅު ނޭޅި ދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމުގައެވެ.

މިމޭރުމުން ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަތުން ލާރި ނެގި މީހުންގެ ސައްހަ ލިސްޓެއް އޮންނާނީ ފުލުހުންގެ އަތުގައި އެކަނި ކަމަށެވެ. އަދި  މިވަރަށް މި މައްސަލަ ހައްސާސް ވެގެން ދާއިރުވެސް، ހޯމް މިނިސްޓަރ އަދި ފުލުހުންގެ މުވައްސަސާގެ އިސްކޮށް ހުންނެވި އަލީ ޝުޖާއު މި ލިސްޓު ހާމަނުކުރައްވަން އެއުޅުއްވަނީ އޭގައި ކޮން ސިއްރެއް ހިމެނޭތީ ތޯ ނުވަތަ ޤައުމީ ސަލާމަތަށް ކޮން ނުރައްކަލެއް އޮތީމާތޯ ރައީސް ޔާމީން ސުވާލުކުރެއްވިއެވެ.

މީގެއިތުރުން، އެލިސްޓުގައި ރައީސް ޑރ މުއިއްޒުގެ ނަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ނަން އޮވެދާނެތީ އެއީ ގައުމީ ސަލާމަތަށް ނުރައްކަލަށް ވަނީތޯ ވިދާޅުވެ ޔާމީން ވަނީ އަބްދުއްރަޙީމް އަށާއި ރައީސް ޑރ މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

ޔާމީން އިތުރަށް ވިދާޅުވީ ޤާބިލުކަން ހުރި މީހުން މުވައްސަސާތަކަށް ނާންނަ ކަމަށް ނާންނަ ނަމަ ޤާނޫނު އަސާސީ ކޮންމެ ފެންވަރަކަށް ލިޔުނު ކަމުގައި ވީނަމަވެސް އޭގައި މާނައެއް ނޯންނާނެ ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް
19 ސެޕްޓެންބަރ 2024 | ބުރާސްފަތި 06:31
ފޮނި
ޔާމީން ތީ ބާލިގު ވީންސުރެ ސަރުކާރުގެ މަތީ މަގާމް ތަކުން ވެރިކަމައް އައި މީހެއް އަބުދު ރަހީމެކޭ އަދީބެކޭ ޔާމީނެކޭ ނެތް ތަފާތެއް އަމިއްލަ ފައިދާއައް.. އިޙްލާސްތެރި ވެރިއެއް އައި 2008 ގައި މާގިނަ ދުހެއް ނުވެ އިސްތިއުފާ ދިނީ