ކ. މާލެ
|
2 ޑިސެންބަރ 2021 | ބުރާސްފަތި 21:27
ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށް ފުރާވަޑައިގަތުން
ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށް ފުރާވަޑައިގަތުން
ރައީސް އޮފީސް
ނާއިބުރައީސް ޔޫއޭއީއަށް ފުރާވަޑައިގަތުން
ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނާއިބުރައީސް ފުރާވަޑައިގެންފި
ކޮންފަރެންސް ޑިސެންބަރު މަހުގެ 4 އަދި 5 ވަނަ ދުވަހު އަބޫދާބީގައި އޮންނާނެ

ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ފުރާވަޑައިގެންފިއެވެ.

މި ކޮންފަރެންސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 4 އަދި 5 ވަނަ ދުވަހު އަބޫދާބީގައެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެ ވަޑައިގަންނަވާނީ ޝަރަފުވެރި މެހެމާނުގެ ގޮތުގައެވެ. އަދި މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ކޮންފަރެންސް އިފްތިތާޙު ކުރާނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އެވެ.

އައިއޯސީ 2021ގެ ޝިއާރަކީ "އިކޮލޮޖީ، އިކޮނޮމީ، އެޕިޑެމިކް"އެވެ.

ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވައިގަތުމަށްވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ 8 ޑިސެމްބަރ 2021ވާ ބުދަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް