ކ. މާލެ
|
1 ޑިސެންބަރ 2021 | ބުދަ 13:55
ހަކުރު ބަލި ހުރިތޯ ޗެކްކުރަނީ
ހަކުރު ބަލި ހުރިތޯ ޗެކްކުރަނީ
ދި ޓެލެގްރާފް
ހަކުރުބައްޔާއި ކޮވިޑު
ހަކުރުބަލި ހުންނަނަމަ ކޮވިޑުގައި ބޮޑުވަރު ވުމުގެ ފުރުސަތު އޮންނާތީ، ސަމާލުވާން ޖެހޭ: ޑައިބެޓިކްސް އެސޯސިއޭޝަން
 
ޑައިބެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ބޭސް ސިޓީ ލިއެދިނުމާއި، ޓެސްޓު ކުރަން ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ
 
ގޭގައި ތިބެގެންވެސް ކަސްރަތު ކުރުން މުހިއްމު
 
ޤަވާއިދުން ބޭހާއި އިންސުލިން ބޭނުންކުރުންވެސް އެހާމެ މުހިއްމު

ހަކުރުބަލި ހުންނަނަމަ ކޮވިޑުގައި ބޮޑުވަރު ވުމުގެ ފުރުސަތު އޮންނާތީ އެކަމަށް ސަމާލުވާން ޖެހޭކަމަށް ޑައިބެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

އެ އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ އައިޝަތު ޝިރުހާނާ ވަނީ ކޮވިޑުގެ މި ޙާލަތުގައި ހަކުރުބަލީގެ މީހުންނަށް ޚާއްސަ މެސެޖެއް ދެއްވާފައެވެ. އޭނާ ވަނީ ބަލީގެ ހައިރިކްސް މީހުންގެ ތެރޭގައި ހަކުރުބަލީގެ މީހުން ހިމެނޭކަން ފާހަގަވެފައިވުމާއެކު، ހަކުރު ކޮންޓްރޯލް ކުރުމަށް ވަރަށް މުހިއްމު ކަމެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން ހަކުރު ޓެސްޓު ކުރުމަށް ހޮސްޕިޓަލަށް ވަޑައިނުގެންނެވުނު ނަމަވެސް، ގޭގައި ހަކުރު ޓެސްޓު ކުރެވޭނެ ވަސީލަތްތައް ހުރި ފަރާތްތަކުން އެކަން ކުރައްވައި ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިއްމުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޝިރުހާނާ ވިދާޅުވީ، ޤަވާއިދުން ބޭހާއި އިންސުލިން ބޭނުންކުރުންވެސް އެހާމެ މުހިއްމު ކަމަށެވެ.

އޭގެ އިތުރުން، ހަކުރު ކޮންޓްރޯލް ކުރުމުގައި ކަސްރަތާއި، ކެއުމަށް ފަރުވާތެރިކަން ބެހެއްޓުންވެސް މުހިއްމު ކަމަށެވެ. އެގޮތުން ގޭގައި ތިބެގެންވެސް ކަސްރަތު ކުރުން މުހިއްމުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޝިރުހާނާ އިތުރަށް ވިދާޅުވީ، ބަލި ޖެހުނުކަމުގައިވީނަމަވެސް، ޑޮކްޓަރު ނުވަތަ އެޗްޕީއޭގެ ލަފާގެމަތިން ފިޔަވަޅުތައް އަޅައި، ކޮވިޑު ކޮންޓްރޯލް ކުރުމަށް އިސްކަންދޭން ޖެހޭ ކަމަށެވެ. އަދި ހަކުރުބަލީގެ މީހުންނަށް އެހީވުމަށްޓަކައި ޑައިބެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ބޭސް ސިޓީ ލިއެދިނުމާއި، ޓެސްޓު ކުރަން ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޑައިބެޓިކްސް އެސޯސިއޭޝަން އިން ވަނީ އެ ހުރިހާ ކަމެއްގެ ބޭނުން ހިފައި، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހަނދާންކޮށްދީފައެވެ.

ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވީނަމަވެސް، މާލެ ސަރަޙައްދާ އަޅާބަލާއިރު އަތޮޅު ތެރެއިން ފެންނަ ކޭސްތައް އަދިވެސް ގިނައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
100%
0%
0%
0%
0%
0%
ކޮމެންޓް