ކ. މާލެ
|
30 ނޮވެންބަރ 2021 | އަންގާރަ 15:45
ޓީއެމްއޭއިން ރާއްޖޭގެ ރިޒޯޓުތަކަށް ދަތުރުކުރުމަށް ބޭނުންކުރާ ސީޕްލޭނެއް
ޓީއެމްއޭއިން ރާއްޖޭގެ ރިޒޯޓުތަކަށް ދަތުރުކުރުމަށް ބޭނުންކުރާ ސީޕްލޭނެއް
ޓްރާންސް މޯލްޑިވިއަން އެއަރވޭސް
ޓީއެމްއޭގެ ފްލީޓް
ޓީއެމްއޭ އިން އިތުރު ސީޕްލޭނެއް ގެނެސްފި
ޓީއެމްއޭގައި ބޭނުންކުރާ ސީޕްލޭންގެ އަދަދު ވަނީ 60ށް އަރާފައި

ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އިން އިތުރު ސީޕްލޭނެއް ރާއްޖެ ގެނެސްފިއެވެ.

އަލަށް ގެނައި ޑި ހެވިލަންޑް ޑީއެޗްސީ- 6 މަރުކާގެ ޓުވިން އޮޓާ އެއާކްރާފްޓް ރާއްޖެއަށް އައީ އިންޑޮނޭޝިޔާއިންނެވެ. މި ބޯޓު ރާއްޖޭގެ ވެލާނާއި އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖެއްސީ ހޯމަ ދުވަހުއެވެ.

މިއަހަރުގެ އޮކްޓޫބަރ މަހުގައިވެސް ޓީއެމްއޭއިން ވަނީ ސީޕްލޭނެއް ގެނެސްފައެވެ. ހޯމަ ދުވަހު ޓީއެމްއޭއިން ގެނައި ސީޕްލޭނާއެކު މިހާރު ޓީއެމްއޭގައި ބެނުންކުރާ ސީޕްލޭންގެ އަދަދު ވަނީ 60ށް އަރާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުން އަންނައިރު، ޓީއެމްއޭގެ އަމާޒަކީ ވީހާވެސް ގިނަ މަންޒިލްތަކަށް ރަނގަޅު ފެންވަރުގައި އެކުންފުނީގެ ޚިދުމަތްތައް ދިނުމެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރ ޓީއެމްއޭއިން މިހާރު އަންނަނީ ދުވާލެއްގެ މައްޗަށް ރާއްޖޭގެ 80 ރިސޯޓަކަށް 300ށް ވުރެ ގިނަ ދަތުރު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް