ކ. މާލެ
|
30 ނޮވެންބަރ 2021 | އަންގާރަ 01:17
ކޮވިޑް19 - ރޭގަނޑު މާލޭގެ މަގުމަތި
ކޮވިޑް19 - ރޭގަނޑު މާލޭގެ މަގުމަތި
ރާއްޖެއެމްވީ
ކޮވިޑް-19 އަޕްޑޭޓް
ފާއިތުވި 24 ގަޑިއިރު މުޅި ރާއްޖެއިން ޕޮޒިޓިވްވީ 79 މީހުން
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 25 މީހުން
އަތޮޅުތެރެއިން ޕޮޒިޓިވްވީ 52 މީހުން
250 މީހަކު ވަނީ ބަލީގައި ނިޔާވެފައި

ފާއިތުވި 24 ގަޑިއިރު 79 މީހަކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުގައި ވާގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00ން ހޯމަ ދުވަހުގެ އިރުއޮއްސި 06:00އާ ދެމެދު 4،164 ސާމްޕަލްއެއް ވަނީ ޓެސްޓުކޮށްފައެވެ. މީގެ ތެރެއިން 79 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 25 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 52 މީހުންނާއި އަދި ރިސޯޓުތަކުން ޕޮޒިޓިވްވި 2 މީހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 91،543 އަށް އަރާފައިވާއިރު، މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ގުނަމުންދަނީ 1،733 ކޭހެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މީގެ ތެރެއިން ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންގެންދަނީ 12 މީހަކަށެވެ.

މިހާތަނަށް 89،547 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި 250 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

ބަލިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފައިވީނަމަވެސް އެފްރިކާގެ ދެކުނު ބިތުގެ ގައުމުތަކުން ކޮވިޑްގެ އައު ވޭރިއަންޓެއް ފެނިފައިވާތީ އެ ސަރަހައްދުގެ 7 ގައުމަކަށް ކުރާ ވައިގެ ދަތުރުތައް ވަނީ ހުއްޓާލާފައެވެ. މި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސައުތު އެފްރިކާ، ނެމީބިއާ، މޮޒަމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީއެވެ. އެހެންނަމަވެސް މިގައުމުތަކުން އަންނަ ދިވެހިންނާ ވޯރކްޕަރމިޓް ހޯލްޑަރުންނަށް ރާއްޖެ އެތެރެވެވޭނެއެވެ.


Advertisement
- ކޮމެންޓް