ކ. މާލެ
|
29 ނޮވެންބަރ 2021 | ހޯމަ 17:33
ގާނޫނާ ޚިލާފު އަމަލެއްކޮށްފި މީހަކު އޭނާ ހިންގި އަމަލެއްގެ ކުޑަ ބޮޑުމިނަށް ބަލައި އެއްހާސް ރުފިޔާއާ އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެންވޭ
ގާނޫނާ ޚިލާފު އަމަލެއްކޮށްފި މީހަކު އޭނާ ހިންގި އަމަލެއްގެ ކުޑަ ބޮޑުމިނަށް ބަލައި އެއްހާސް ރުފިޔާއާ އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެންވޭ
ރާއްޖެއެމްވީ
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު
ދިވެއްސަކު ނިވާފަތްގަނޑަކަށްވެހުރެ ވިޔަފާރި ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި
 
އެއް އަހަރު ދުވަހުގެ ތެރޭގައި ރަޖިސްޓްރީ އައު ކުރުމަށް ހުށަހަޅަންވާނެ ކަަމަށް އިސްލާހުގައިވޭ
 
ބިލަށް ކޮމިޓީން ހުށަހަޅާފައިވަނީ އެންމެ އިސްލާހެއް
 
ސަރުކާރުގެ ފަރާތުން މިބިލް މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެމްބަރ އަބްދުލްޣަނީ އަބްދުލްހަކީމް

ދިވެއްސަކު ނިވާފަތްގަނޑަކަށްވެހުރެ ވިޔަފާރި ނުކުރެވޭ ގޮތަށް އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.

ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ ވޯޓުންނެވެ.

މި ބިލު ހުށަހެޅުއްވީ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތައް ހައްލުކުރުމާއި, އެފަދަ ވިޔަފާރިތަކުގެ ހާލަތު ދެނެގަތުމަށް ފަސޭހަވާނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

ބިލަށް އިގުތިސާދީ ކޮމިޓީން ކޮމިޓީން ހުށަހަޅާފައިވަނީ އެންމެ އިސްލާހެކެވެ. އެއީ، ވިޔަފާރި ކުރިއަށްގެންދަން ބޭނުންވާ ފަރާތުން ރަޖިސްޓްރީ އައުކުރުމަށް، މުއްދަތު ހަމަވުމުގެ އެއް އަހަރު ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށް ބިލުގައި އޮތް މާއްދާ ކޮމިޓީން އިސްލާހު ކޮށްފައިވަނީ، އެއް އަހަރު ދުވަހުގެ ތެރޭގައި ރަޖިސްޓްރީ އައު ކުރުމަށް ހުށަހަޅަންވާނެ ކަމަށެވެ.  

ބިލްގައިވާގޮތުން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ބިދޭސީ ފަރާތްތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއްކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާއަށް ގަބޫލުކުރެވޭކަމަށްވާނަމަ ރަޖިސްޓްރީ ބާތިލުކުރަންޖެހޭނެއެވެ.

މީގެއިތުރުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ގާނޫނާއި ޚިލާފު އަމަލެއްކޮށްފި މީހަކު، އޭނާ ހިންގި އަމަލެއްގެ ކުޑަ ބޮޑުމިނަށް ބަލައި އެއްހާސް ރުފިޔާއާ އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެންވާ ކަމުގައެވެ. މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގެ ދަށުން، ކުށުގެ ކުޑަބޮޑު މިނަށް ބަލައި އެއްހާސް ރުފިޔާއާ ވިހިހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެންވެއެވެ.

ސަރުކާރުގެ ފަރާތުން މިބިލް މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެމްބަރ އަބްދުލްޣަނީ އަބްދުލްހަކީމެވެ.

މިބިލް ހުށަހަޅާފައިވަނީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރެވޭ މުއްދަތު އިތުރުކޮށް އެފަދަ ވިޔަފާރި އެހެން ފަރާތަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމާއި، ދިވެއްސަކު ނިވާފަތްގަނޑަކަށްވެހުރެ، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ބިދޭސީންނަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް ހިންގާ ވިޔަފާރިތަކުގެ ސަބަބުން، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ދިވެހި ރައްޔިތުންނަށް ލިބޭ އިގުތިސާދީ ފުރުސަތުތައް ހަނިވިޔަނުދިނުމަށްޓަކައި ފިޔަވަޅު އެޅޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

މިހާރު ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީކޮށްދެވޭނީ 10 އަހަރުގެ މުއްދަތަށެވެ. މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި އޮންނަނީ ވިޔަފާރި ރަޖިސްޓްރީކޮށްދެވޭނީ 5 އަހަރުގެ މުއްދަތަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް