ހދ. ކުޅުދުއްފުށި ސިޓީ
|
28 ނޮވެންބަރ 2021 | އާދީއްތަ 23:10
ބީއެސްއޭ ވޭވް އެލްމިނިއަމް ފުޓްސަލް ޗެލެންޖުގެ ތެރެއިން
ބީއެސްއޭ ވޭވް އެލްމިނިއަމް ފުޓްސަލް ޗެލެންޖުގެ ތެރެއިން
ބީއެސްއޭ
ބީއެސްއޭ ފުޓްސަލް ޗެލެންޖް
ބީއެސްއޭ ވޭވް އެލްމިނިއަމް ފުޓްސަލް ޗެލެންޖް 2021 ފަށައިފި
 
މި މުބާރާތް ކުރިއަށްދަނީ ޖުމްލަ 16 ޓީމާއެކު
 
ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ އިނާމެއް ލިބޭ

ބަޝީރު ސްޕޯޓްސް އެކެޑަމީން ކުރިއަށްގެންދާ ބީއެސްއޭ ވޭވް އެލްމިނިއަމް ފުޓްސަލް ޗެލެންޖް 2021 ފަށައިފިއެވެ.

ޖުމްލަ 16 ޓީމާއެކު ބާއްވާ މުބާރާތް ފެށުމުގެ ގޮތުން އާދީއްތަ ދުވަހު ފުރަތަމަ ކުޅުނު މެޗުގައި ބައްދަލުކުރީ މަގުލަހާއި ޒިގްޒެގެވެ. މިމެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޒިގްޒެގުންނެވެ. މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ޒިގްޒެގުގެ ހުސެއިން މުޙައްމަދެވެ.

ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ސްޕާޓަންސް އާއި ސްޓޯންއެވެ. މިމެޗު 5-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޓޯންއިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޓޯންގެ ހުސެއިން އަޙްމަދެވެ.

އަދި މި މުބާރާތުގެ ތިންވަނަ މެޗުގައި ވާދަކޮށްފައިވަނީ ޖިއާން ސްކޯ އާއި މިނީ ޒިގްޒެގެވެ. މި މެޗު 8-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޖިއާން ސްކޯއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖިއާން ސްކޯގެ އަޙްމަދު ނަދީމެވެ.

މި މުބާރާތުގެ މެޗުތައް ކުރިއަށްގެންދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި 2019 ވަނަ އަހަރު ސެމީއަށް ދިޔަ ޓީމުތައް އެ އޮންނަ އުސޫލުގެ ތެރެއިން ސީޑް ކުރެވުނެވެ. އަދި މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފީފާގެ އެންމެ ފަހުގެ ފުޓްސަލް ގަވާއިދުގެ ދަށުންނެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ އިނާމުގެ އިތުރުން މިލްކުވާ ތައްޓާއި ރަން މެޑަލް ލިބޭއިރު، ރަނަރަޕް ޓީމަށް ރިހި މެޑަލުގެ އިތުރުން 3،000 ރުފިޔާ ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް