ކ. މާލެ
|
27 ނޮވެންބަރ 2021 | ހޮނިހިރު 13:49
އެންޓާޓިކާގައި ޖެއްސި އެއާބަސް އޭ340
އެންޓާޓިކާގައި ޖެއްސި އެއާބަސް އޭ340
-
އެންޓާޓިކާގައި ފްލައިޓެއް ޖެއްސުން
އެއަރބަސް އޭ340 ފުރަތަމަ ފަހަރަށް އެންޓާޓިކާގައި ޖައްސައިފި
 
އެންޓާޓިކާގައި ޖެއްސީ ފަސް ގަޑިއިރުގެ ދަތުރަކަށްފަހު

އެއަރބަސް އޭ340 ފުރަތަމަ ފަހަރަށް އެންޓާޓިކާގައި ޖައްސައިފިއެވެ.

ހައި ފްލައިއަކީ ތެތް ތަންތަނުގައި ޖެއްސުމަށް ޚާއްސަ ފްލައިޓުތައް ގެންގުޅޭ ކުންފުންޏެކެވެ. ސައުތު އެފްރިކާގެ ކޭޕް ޓައުނުން މި ފްލައިޓު ނައްޓާލީ ނޮވެމްބަރ ދޭއްވީ އަންގާރަ ދުވަހުއެވެ. އަދި ފްލައިޓު ނައްޓާލިތާ ފަސް ގަޑިއިރު ފަހުން އެ ފްލައިޓް ވަނީ އެންޓާޓިކާގައި ޖައްސާފައެވެ.

ކެޕްޓަނެއްގެ ގޮތުގައި ހަރަކާތްތެރިވީ ހައި ފްލައިގެ ނާއިބުރައީސް ކާލޯސް މިރްޕުރީއެވެ. އަދި މި ފްލައިޓުގައި ދަތުރުކުރި ޓީމު ވަނީ އެންޓާޓިކާގައި ގާތްގަނޑަކަށް ތިން ގަޑިއިރު މަޑުކޮށް 2،500 ނޯޓިކަލް މޭލު ކަވަުރ ކޮށްފައެވެ.

ނަމަވެސް މިއީ އެންޓާޓިކާގައި ފްލައިޓެއް ޖެއްސި ފުރަތަމަ ފަހަރެއް ނޫނެވެ. އެންމެ ފުރަތަމަ އެންޓާޓިކާގައި ފްލައިޓެއް ޖައްސާފައިވަނީ 1928 ވަނަ އަހަރުއެވެ. މި މޮނޮޕްލޭން އެންޓާޓިކާގައި ޖެއްސީ އޮސްޓްރޭލިއާގެ މިލިޓަރީ ޕައިލެޓް ޖޯޖް ހިއުބަރޓް ވިލްކިންސްގެ ކެޕްޓަން ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
33%
17%
33%
0%
17%
ކޮމެންޓް