ކ. މާލެ
|
14 ސެޕްޓެންބަރ 2022 | ބުދަ 11:54
ރާނީ އެލިޒަބަތު އަވަހާރަވުމާއި ގުޅިގެން އާންމުން މާ ބަހައްޓާފައި
ރާނީ އެލިޒަބަތު އަވަހާރަވުމާއި ގުޅިގެން އާންމުން މާ ބަހައްޓާފައި
ވަޔަން
ރާނީގެ ޖަނާޒާ
ރާނީގެ ޖަނާޒާއަށް ވަޑައިގަންނަވާ އިއްޒަތްތެރިން ބޭނުންކުރައްވަން ޖެހިވަޑައިގަންނަވާނީ ކޮމާޝަލް ފްލައިޓްތައް
 
އިއްޒަތްތެރިން ޕްރައިވެޓް ބޯޓްތައް ބޭނުން ނުކުރެއްވުމަށްވަނީ ދަންނަވާފައި
 
އެއާޕޯޓްގައި އެހެން ގައުމުތަކުގެ ދިދަ އުފުލުން ވަނީ މަނާކޮށްފައި
 
އިއްޒަތްތެރިން ހެލިކޮޕްޓަރު ބޭނުން ކުރެއްވުމުގެ ހުއްދަ ނުދެވޭނެ

އިނގިރޭސި ރާނީ އެލިޒަބްތު ދޭއްގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށް ލަންޑަނަށް ވަޑައިގަންނަވާ އެކި ގައުމުތަކުގެ އިއްޒަތްތެރިން ޕްރައިވެޓް ބޯޓުތަކުގައި ވަޑައިނުގަތުމަށާއި ކޮމާޝަލް ފްލައިޓުތަކުގައި ވަޑައިގެންނެވުމަށް ލަންޑަންގެ ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފިއެވެ. ސެޕްޓެމްބަރު 19 ވަނަ ދުވަހު އޮންނަ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަރަށް ގިނަ އަދަދެއްގެ ޤައުމުތަކުގެ ރައީސުންނާއި ރަސްކަލުންނާއި ރާނީންނާއި ބޮޑުވަޒީރުން އަދި އެފެންވަރުގެ އެހެން ބޭފުޅުން ވަޑައިގަންނަވާނެ ކަމަށް ބެލެވޭއިރު އެބޭފުޅުންގެ ދަތުރުފަތުރު ގެންގުޅޭނެ ގޮތުގެ ތަފްސީލް ވަނީ ލަންޑަންގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައެވެ. އޭގައިވާ ގޮތުން ލަންޑަން އެއާޕޯޓަށް ވަޑައިގެންނެވުމަށް ފަހުވެސް ޖަނާޒާގެ ކަންކަން ކުރިޔަށް ދާނެ ވެސްމިނިސްޓަރ އެބީއަށް ވަޑައިގަތުމަށް ވެސް ގިނަ ބޭފުޅުންއެކުގައި ގެންދެވޭނެ ބަހެއް ނެންގެވުމަށް އިރުޝާދު ދީފައިވެއެވެ.

އަދި ބޭރު ގައުމުތަކުން ވަޑައިގަންނަވާ ހުރިހާ ބޭފުޅުން ވެސް ލަސްވެގެން ޖަނާޒާގެ އެއްދުވަސް ކުރިން ވަޑައިގެންނެވުމަށް ދަންނަވާފައިވެއެވެ. ހީތުރޯ އެއާޕޯޓްގައި ޕްރައިޓް ބޯޓުތައް ޖެއްސުމުގެ ޚިދުމަތާއި ބޯޓު ޕާކުކޮށްފައި ބެހެއްޓުމުގެ ޚިދުމަތް ނުދެވޭނެކަމަށް ވެސް އަންގާފައިވެއެވެ. އެހެން ކަމުން ކޮމާޝަލް ފްލައިތްތަކުގައި ވަޑައިގަތުމަށް ދަތިފުޅުވާ ބޭފުޅުން ހީތުރޯ ފިޔަވައި އެހެން އެއާޕޯޓްތައް ބޭނުން ކުރެއްވުމަށް ވެސް ދަންނަވާފައިވެއެވެ. މިއާއެކު ވެސް ހެލިކޮޕްޓަރު ބޭނުން ކުރެއްވުމުގެ ހުއްދަ ލިބައިވަޑައިނުގަންނަވާނެކަން ފާހަގަކޮށްފައިވެއެވެ.

އަދި ބޭރުގެ ލީޑަރުން ވަޑައިގަންނަވާއިރު އާއި ފުރާވަޑައިގަންނަވާއިރު އެއާޕޯޓްގައި އެއްވެސް ގައުމެއްގެ ދިދަ ނުއުފުލޭނެ ކަމަށް ވެސް އަންގާފައިވެއެވެ.

އެހާ ގިނަ އަދަދެއްގެ އެންމެ މަތީ ފެންވަރުގެ އިއްޒަތްތެރިންގެ ދަތުރުގެ ކަންކަން ބެލެހެއްޓުމުގައި ހުންނާނެ ދަތިތައް ފާހަގަކުރަމުން ޕޮލިޓިކޯގެ އޮފިޝަލުން ވަނީ ބޭރުގެ ވަފްދުތައް ވީހާވެސް ކުޑަކުރުމަށް ވިދާޅުވެފައެވެ. މިގޮތުން ވެރިންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންގެ އިތުރުން އާއިލާގެ އެހެން އެއްވެސް ބޭފުޅަކު ނުވަތަ ސްޓާފުން ނުހިމެނުއްވުމަށް ވެސް ގައުމުތަކަށް އިރުޝާދު ދެއްވާފައިވާކަމަށް ވެއެވެ. މިގޮތަށް ވަފްދުތައް ކުޑަކޮށްލަން ޖެހެނީ ޖަނާޒާ ބާއްވާތަނާ އަދި އެއަށްފަހު ބާއްވާ އިހްތިފާލުތައް ބާއްވާ ތަންތަނުގެ ޖާގައިގެ ދަތިކަން ހުންނާނެތީ ކަމަށް ރަސްމީ ލިއުމުގައި ބުނެފައިވެއެވެ. ވަޑައިގަންނަވާ ހުރިހާ ބޭފުޅުން ޕްރައިވެޓް ކާރުތަކުގައި ގެންގުޅުމަކީ ލަންޑަންގެ މަގުތަކާ ޓްރެފިކް ވެސް ތަންދޭނެ ކަމެއް ނޫންކަން ފާހަގަކުރަމުން އެފަރާތުން ބުނެފައިވަނީ އިއްޒަތްތެރިން އެކިތަންތަނަށް ގެންދެވޭނީ ހުރިހާ ބޭފުޅުން ސެންޓްރަލް އެސެމްބްލީ ޕޮއިންޓްތަކަކަށް އެއްކުރެވި އެތަންތަނުން ޚާއްސަ ބަސްތަކެއްގައި ކަމަށެވެ.  

އެންމެމަތީ ފެންވަރުގައި ބޭއްވޭ ޖަނާޒާގެ ކަންކަމަށްފަހު ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވަރލީ ދެއްވާ ޚާއްސަ ރިސެޕްޝަނެއް ބާއްވަވާނެއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
33%
0%
33%
33%
0%
ކޮމެންޓް