ކ. މާލެ
|
26 ނޮވެންބަރ 2021 | ހުކުރު 22:19
ރާއްޖޭގެ މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1823
ރާއްޖޭގެ މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1823
އެޑިޝަން.އެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
އަތޮޅު ތެރެއިން ކޮވިޑުގެ އިތުރު 112 ކޭސް
މި ބަލީގައި މިހާތަނަށް 248 މީހަކު ނިޔާވެފައިވޭ
މިވަގުތުވެސް 14 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދޭ
ރާއްޖޭގައި މިވަގުތުގެ އެކްޓިވް ކޭހުގެ އަދަދަކީ 1823

އަތޮޅު ތެރެއިން އިތުރު 112 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން އިތުރު 152 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުން ޕޮޒިޓިވްވި 112 މީހުންނާއި، މާލެ ސަރަޙައްދުން ޕޮޒިޓިވްވި 22 މީހެއްގެ އިތުރުން، ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހަކާއި، އުޅަނދަކުން ޕޮޒިޓިވްވި އެކެކެވެ. އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 91،274ށް އަރާފައެވެ.

ރާއްޖޭގެ މިވަގުތުގެ އެކްޓިވް ކޭހުގެ އަދަދަކީ 1823 އެވެ. މި ބަލީގައި މިހާތަނަށް 248 މީހަކު ނިޔާވެފައިވެއެވެ. އަދި މިވަގުތުވެސް 14 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ނޮވެމްބަރު މަސް ފެށިގެން މިހާތަނަށް އަތޮޅުތެރޭގެ ކޭސްތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ. އެގޮތުން މިހާރުވެސް 69 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިކަމަށާއި، 8 މީހަކަށް އަތޮޅު ތެރެއިން އެޑްމިޓް ކޮށްގެން ފަރުވާދެމުންދާކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ. އަދި އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް މާސްކް އެޅުމަށް ފަރުވާކުޑަ ކުރެވޭތަން ފެންނަކަން ފާހަގަކޮށް އެޗްއީއޯސީން ވަނީ، މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުރުކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގައި މިފަހަކަށް އައިސް، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓިފައި ހުރިނަމަވެސް އަތޮޅުތަކުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ކޮވިޑްގެ ކޭސްތައް މަދުވެފައިވީނަމަވެސް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަންދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.


Advertisement
- ކޮމެންޓް