ކ. މާލެ
|
25 ނޮވެންބަރ 2021 | ބުރާސްފަތި 09:23
ރަސްފަންނު ސަރަހައްދުގައި މީގެ ކުރިން ބޭއްވި ނައިޓް މާކެޓެއްގެ ތެރެއިން
ރަސްފަންނު ސަރަހައްދުގައި މީގެ ކުރިން ބޭއްވި ނައިޓް މާކެޓެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ޔުނިޓީ ނައިޓް މާކެޓް
ޔުނިޓީ ނައިޓް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހު

ޔުނިޓީ ނައިޓް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ނައިޓް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު 7893653 މި ނަންބަރަށް ގުޅައިގެން ސްޓޯލްތައް ބުކް ކުރެވޭނެ ކަމަށް މި ހަރަކާތް އިންތިޒާމު ކުރާ ޔުނިޓީ އިވެންޓްސް އެންޑް އެންޓަޓެއިންމަންޓުން ވަނީ ބުނެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އެންޑް ކޮމިއުނިޭޝަންސް އޮފިސަރ އަހްމަދު ސަވާދު ވިދާޅުވީ މިހާރު ވެސް 50 އިންސައްތަ ސްޓޯލް މީހުން ބުކް ކޮށްފައިވާ ކަމަށެވެ. އަދި ނައިޓް މާކެޓުގައި 140 ސްޓޯލް މިފަހަރު ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސްޓޯލްތައް ގަތުމުގެ ފުރުސަތު ހުޅުވާލައިފައިވި ނަމަވެސް އޭގެ ފަހުން ވެސް ހުސް ސްޓޯލެއް ހުރެއްޖެނަމަ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހަށް ކޮންމެ ދުވަހެއްގެ ހަވީރު 04:00ން ރޭގަނޑު 12:00ށް ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް