ކ. މާލެ
|
21 ނޮވެންބަރ 2021 | އާދީއްތަ 13:50
 ފ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ 'ޒިންމާ' އިފްތިތާހު ކުރުން
ފ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ 'ޒިންމާ' އިފްތިތާހު ކުރުން
ޕޮލިސް
"ޒިންމާ" ޕްރޮގްރާމް
ފ އަތޮޅު ފުލުހުންގެ "ޒިންމާ" ޕްރޮގްރާމް އިފްތިތާހު ކޮށްފި
 
މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ހޮނިހިރު ދުވަހު
 
މި ޕްރޮގްރާމަކީ ސިލްސިލާކޮށް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް
 
ފުރަތަމަ ޕްރޮގްރާމް ޑިސެމްބަރުމަހު 6 ވަނަ ދުވަހު އޮންނާނެ

ފ. ނިލަންދޫ ޕޮލިހުން އިސްނަގައިގެން ފ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 'ޒިންމާ' ޕްރޮގްރާމް އިފްތިތާހު ކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ހޮނިހިރު ދުވަހު ހަވީރު ނިލަންދޫގައި ކުރިއަށް ގެންދިޔަ އާއިލީ ހަވީރުގައި، ފ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަޔާޟް އިސްމާޢީލްއާއި ފ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

މި ޕްރޮގްރާމަކީ ސިލްސިލާކޮށް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން އެ އަތޮޅަކީ ކުށްމަދު އަމާން ވެއްޓެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމާއެކު ފުލުހުންނާއި އާންމު ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ އިތުރަށް ހަރުދަނާ ކުރުމަށް މި ޕްރޮގްރާމްގެ ދަށުން މަސައްކަތް ކުރެވޭނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ސްކޫލުތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންގެ އިތުރުން ރަށްރަށުގެ ޒުވާނުންނާއި މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް މި ޕްރޮގްރާމްގެ ބައިތައް ވަނީ އަމާޒު ކުރެވިފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ތައްޔާރުވުމުގެ ގޮތުން، ފ. އަތޮޅު ޕޮލިސް ސްޓޭޝަންތަކަށް ހުށަހެޅިފައިވާ ކުޑަކުދިންގެ މައްސަލަތަކާއި އިޖުތިމާއީ އެހެނިހެން މައްސަލަތަކާއި ފ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތައް ދެނެގަނެ އިތުރަށް ދިރާސާ ކުރަންޖެހޭ ކަންކަން ބަލައި ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައި، ކަންކަން ރަނގަޅު ކުރުމަށް ކަމުގެ ފަންނީ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯދުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދެވޭ ފުރަތަމަ ޕްރޮގްރާމް ޑިސެމްބަރުމަހު 6 ވަނަ ދުވަހު ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިއުމަށް މިހާރުވަނީ ތާވަލުކުރެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް