Advertisement
ހއ. ތުރާކުނު
|
20 ނޮވެންބަރ 2021 | ހޮނިހިރު 07:35
ހއ.ތުރާކުނު
ހއ.ތުރާކުނު
ސޯޝަލްމީޑިއާ
ތުރާކުނުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުން
ތުރާކުނުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ތުރާކުނު ސިއްހީ މަރުކަޒަށް ގުޅުމަށް އެދިފައިވޭ

ހއ.ތުރާކުނުން ހުކުރުދުވަހު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ތުރާކުނު ކައުންސިލުން ހާމަކުރި ގޮތުގައި ޕޮޒިޓިވްވެފައިވަނީ ތުރާކުނު ހެލްތު ސެންޓަރުން ނެގި ސާމްޕަލްތަކެއްގެ ތެރެއިން ދެ ސާމްޕަލެކެވެ. މީގެ އިތުރުން ޕޮޒިޓިވް ކޭސްތަކާއި ގުޅޭ ބަޔަކު މިހާރު ވަނީ ކަރަންޓީނު ވެސް ކުރެވިފައެވެ.

Advertisement

ތުރާކުނު ކައުންސިލުން ވަނީ މި ބަލިން ރައްކާތެރިވެ ތިބުމުގެ ގޮތުން ފަރުދީ ޒިންމާ އަދާކުރުމަށާއި އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދެއްވާ އިރުޝާދުތަކާއި އެގޮތަށް އަމަލުކުރުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ. ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުނިކުތުމަށާއި ބޭރަށް ނިކުމެ އުޅޭ ހުރިހާ ވަގުތެއްގައި މާސްކް އަޅައިގެން އުޅުމަށް ވެސް އެދިފައިވެއެވެ. އަދި ގޭގެއަށް ޒިޔާރަތް ކުރުން މަދުކުރުމަށާއި ހުން އައިސް ރޯގާޖެހިފައި ތިބޭ މީހުން އާންމު ތަންތަނަށް ނުނިކުމެ ގޭގައި މަޑުކުރުމަށްވެސް އެދިފައިވެއެވެ.

ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ތުރާކުނު ސިއްހީ މަރުކަޒުގެ ހޮޓްލައިން، 7242040 އަށް ގުޅައި އެކަން ހިއްސާ ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް