ކ. މާލެ
|
17 ނޮވެންބަރ 2021 | ބުދަ 23:12
އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒް
އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒް
މަބްރޫކް ޓްވިޓަރ
ސަރުކާރަށް ތިން އަހަރު
"ތިން އަހަރު ވެދިޔައިރު ރާއްޖޭގެ ރައްޔިތަކަށް އަނިޔާވެރިވިތަނެއް ފެނިފައެއް ނުވާނެ"
 
ކޮވިޑްގެ ހާލަތުގައި އެއްވެސް ދަތިކަމެއް ނާންނާނެހެން، ރައްޔިތުންގެ ލާބައަށް ޕްރޮޖެކްޓުތައް ހިންގާފައިވާނެ
 
މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ހެޔޮވެރިކަމެއް ކުރަން

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ރައްޔިތަކަށް އަނިޔާވެރިވި ތަނެއް ފެނިފައިނުވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޝިފާޒް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދިނީ ހެޔޮވެރިކަމެއް ކުރުމަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގެ ތަރައްގީއަށް ވިސްނައި، އެތައް ޕްރޮޖެކްޓްތަކެއް ހިންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، ސަރުކާރަށް ތިން އަހަރުވީއިރު ރާއްޖޭގެ ރައްޔިތަކަށް އަނިޔާވެރިވެފައި ނުވާނެ ކަމަށާއި، އެގޮތުން މި ތިން އަހަރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ، މި ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާދީ، ފާޅުކުރާ އެއްޗަކުން ނުވަތަ ލިޔުނު އެއްޗަކުން އޭނާގެ ވަޒީފާ ގެއްލި، ނުވަތަ ހިފައި ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ލިބޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލެވިފައިވާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

މިވެރިކަމުން ހޯދި އެންމެ ބޮޑު އެއްކާމިޔާބީއަކީ ރާއްޖޭގެ ރައްޔިތަކަށް އަނިޔާވެރިވެފައި ނުވުން. އަޅުގަނޑުމެން ވެރިކަމަށް އައީ ހެޔޮވެރިކަން ކުރަން އެކަން މި ސަރުކާރުން ކުރާނެ
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް

މީގެ އިތުރުން ޝިފާޒް ވިދާޅުވީ، ކޮވިޑްގެ ހާލަތާއިއެކު ސަރުކާރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި، އެހެންނަމަވެސް ރައްޔިތަކަށް ދަތިކަމެއް ނާންނާނެހެން ސަރުކާރުން ވާނީ ކަންތައް ކޮށްދީފައި ކަމަށެވެ.

ޝިފާޒް ވިދާޅުވީ، ކޮވިޑްގެ ހާލަތަށްފަހު ރާއްޖޭގެ އިގުތިސާދު ހަމަމަގަށް އެޅުނީ އެމްޑީޕީގެ ވެރިކަމެއް އޮތީމައިކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
0%
0%
25%
25%
0%
ކޮމެންޓް