ކ. މާލެ
|
17 ނޮވެންބަރ 2021 | ބުދަ 10:03
ހުޅުމާލެ މެޑިކަލް ފެސިލިޓީ- ނިޔާވެފައިވަނީ އުމުރުން 75 އަހަރުގެ އަންހެނެއް
ހުޅުމާލެ މެޑިކަލް ފެސިލިޓީ- ނިޔާވެފައިވަނީ އުމުރުން 75 އަހަރުގެ އަންހެނެއް
އެސްޓީއޯ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އަންހެނަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުމުރުން 75 އަހަރުގެ އަންހެނެއް
އޭނާ ނިޔާވެފައިވަނީ އަންގާރަ ދުވަހުގެރޭ 02:01 ހާއިރު

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އަންހެނަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ނިޔާވެފައިވަނީ އުމުރުން 75 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާ ނިޔާވެފައިވަނީ އަންގާރަ ދުވަހުގެރޭ 02:01 ހާއިރު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

އެއާއެކު ރާއްޖެއިން މިހާތަނަށް މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 248ށް އަރާފައެވެ.

ކޮވިޑް ޖެހިގެން މިމަހުގެ 9 ވަނަ ދުވަހު 84 އަހަރުގެ ދިވެހި ފިރިހެނަކު, ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. އަދި މިމަހުގެ 4 ވަނަ ދުވަހު އުމުރުން 81 އަހަރުގެ މީހަކު، އަދި 5 ވަނަ ދުވަހު އުމުރުން 87 އަހަރުގެ މީހަކު ވަނީ ނިޔާވެފައެވެ.


Advertisement
- ކޮމެންޓް