ކ. މާލެ
|
16 ނޮވެންބަރ 2021 | އަންގާރަ 22:43
ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް
ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް
ރާއްޖެ އެމްވީ
ރާއްޖޭގެ ކޮވިޑް ހާލަތު
ކޮވިޑް ޖެހުނު މީހުންގެ އަދަދު 90،000 އިން މައްޗަށް
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 118 މީހުން ޕޮޒިޓިވްވި
ރިސޯޓުތަކުން 13 މީހަކު ޕޮޒިޓިވްވި

ފާއިތުވި 24 ގަޑިއިރުތެރޭ 118 މީހުން ކޮވިޑް-19އަށް އަލަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00އިން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް 3،349 ސާމްޕަލްއެއް ނަގައި ޓެސްޓުކޮށްފައިވާކަމަށެވެ. ޕޮޒިޓިވްވި 118 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 35 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 70 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 13 މީހުންނެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 90،117އަށް ވަނީ އަރާފައެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 2،154 ކޭހެއް ގުނަމުންދާކަމަށެވެ. މީގެ ތެރެއިން 10 މީހަކަށް ފަރުވާދެމުންގެންދަނީ ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެންނެވެ.

މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދު ވަނީ 87،703އަށް އަރާފައެވެ. އަދި ބަލީގައި 247 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖެއިން ފެންނަ ކޮވިޑްގެ ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވުމަށްފަހު އަނެއްކާވެސް ވަނީ އަދަދުތައް މައްޗަށް ދާން ފަށާފައެވެ. އަތޮޅުތެރެއިން ފެންނަ ކޭސްތަކާއި، ރިސޯޓުތަކުން ފެންނަ ކޭސްތައް ދަނީ އިތުރުވަމުންނެވެ.


Advertisement
- ކޮމެންޓް