ކ. މާލެ
|
16 ނޮވެންބަރ 2021 | އަންގާރަ 22:07
މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮންފަރެންސް
މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮންފަރެންސް
ޕޮލިސް
ވިމެން އިން ޕޮލިސިންގ ކޮންފަރެންސް
މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮންފަރެންސް ބާއްވައިފި
 
ފުރަތަމަ ފަހަރަށް ފުލުހުންގެ ތެރޭގައި، މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީއެއް އެކުލަވާލެވުނު
 
ރާއްޖޭގައި، ފުލުހުންގެ ތެރޭގައި އަންހެނުން އަދާކުރަމުންދާ ދައުރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވޭ

ދިވެހި ފުލުހުންގެ ޚިދުމަތުގެ އަންހެން އޮފިސަރުންނަށް ޚާއްޞަކޮށްގެން 'މޯލްޑިވްސް ވިމެން އިން ޕޮލިސިންގ' ކޮންފަރެންސް ބާއްވައިފިއެވެ.

އިސްކަންދަރުކޮށީގައި ކުރިއަށް ގެންދިޔަ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ. މި ރަސްމިއްޔާތުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންވެސް ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ފުލުހުންގެ ތެރޭގައި އަންހެނުން އަދާކުރަމުންދާ ދައުރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށާއި، ޚާއްޞަކޮށް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ ޚިދުމަތުގައި އަންހެނުން އަދާކުރަމުންދާ ދައުރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ.

އެގޮތުން ފުލުހުންގެ ޚިދުމަތުގައި ފުރަތަމަ ފަހަރަށް، ޗީފް އިންސްޕެކްޓަރ ރޭންކުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް އަންހެން ތިން އޮފިސަރުން ޕްރޮމޯޓްކޮށް، ފުރަތަމަ ފަހަރަށް ފުލުހުންގެ ތެރޭގައި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީއެއް އެކުލަވާލައި، މަސައްކަތްތަކެއް ކުރެވިގެންދިޔަކަމަށް ވިދާޅުވިއެވެ. އަދި މި ކޮމިޓީ މަދު ދުވަސްތަކެއްގެ ތެރޭގައި އިންތިޚާބުވެގެން ދާނެކަމަށާއި، އަންހެނުންނަކީވެސް ފުލުހުންގެ ޚިދުމަތުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ބައެއްކަމަށާއި، މިހާރުވެސް ފުލުހުންގެ އެކި ދާއިރާތަކުގައި އަންހެނުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮންފަރެންސް - ޕޮލިސް

ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނާ ގުޅިގެން ކުރިއަށް ގެންދިޔަ މި ކޮންފަރެންސަކީ، އެކި ދާއިރާތަކުން އަންހެން އޮފިސަރުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ކޮންފަރެންސެކެވެ. އެގޮތުން، ހިންގުމުގެ ދާއިރާގެ ހުނަރުތަކާއި އެ ހުނަރުތައް އިތުރަށް ތަރައްގީކުރުމާއި، އަމިއްލަ ނަފްސުގެ ތަރައްގީއަށް މަސައްކަތްކުރުމުގެ އިތުރުން، މުސްތަގުބަލަށް ކަންކަން ރާވައި ހިންގުމަށް މަސައްކަތްކުރާނެ ހުނަރުތައް ކިޔައިދީަފއިވެއެވެ.

މާލެއާއި އަތޮޅުތައް ހިމެނޭހެން އެކި ދާއިރާތަކުން 23 އަންހެން އޮފިސަރުން އެ ކޮންފަރެންސްގައި ބައިވެރިވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި