ކ. މާލެ
|
16 ނޮވެންބަރ 2021 | އަންގާރަ 05:40
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް
ރާއްޖެއެމްވީ
މަސްތުވާތަކެތީގެ މައްސަލަ
ހިޔާ ފްލެޓުތައް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ހާއްޔަކަށް
 
ފުލުހުން ގެންދަނީ މިފަދަ މައްސަލަތަކެއް ތަހުގީގުކުރަމުން
 
މިފަދަ މައްސަލަތަކެއް ފުލުހުންނަސް ހުށަހަޅާފައިވޭ
 
ހިޔާ ޓަވަރުތަކުގައި މަސްތުވާތަކެތި ބޭނުންކުރާކަން ވަނީ ފެންމަތިވެފައި

ހިޔާ ފްލެޓުގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ މައްސަލަތަކެއް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހިޔާ ފްލެޓުގައި މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ޝަކުވާތައް ފުލުހުންނަށް ލިބެމުންދާކަމަށެވެ. އަދި މިކަމުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާ ކަމަށެވެ.

މިފަދަ މައްސަލައެއް ހުށަހަޅައިފިނަމަ ފުލުހުން އެ ސަރަހައްދަކަށް ގޮސް، އެކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިގޮތަށް ހުށަހަޅާ މައްސަލަތައް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން މިފަދަ ކަންކަން ހުއްޓުވުމަށް އަބަދުވެސް މަސައްކަތްކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ހިޔާ ފްލެޓުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އާންމުކޮށް ތިބެނީ ހިޔާ ޓަވަރުތަކުގެ ޓެރަހަށް އަރަން އިންނަ ސިޑި މަތީގައެވެ. މަސްތުވުމަށް ގިނަ ބަޔަކު ގެންދަނީ އެތަންތަނަށް އެއްވަމުންނެވެ. އަދި ބައެއް މީހުން އެތަނުގައި ނިދައި، ފާހާނާކޮށް ހަދާކަމުގެ ޝަކުވާތައްވެސް އަންނަމުންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
75%
25%
0%
ކޮމެންޓް