ކ. މާލެ
|
13 ނޮވެންބަރ 2021 | ހޮނިހިރު 12:23
ފަންސާސް އަހަރާއި މަހެއްހާ ދުވަހު ސަރުކާރަށް ޚިދުމަތް ކުރެއްވި ފާއިޒާ އަބްދުލްގާދިރު
ފަންސާސް އަހަރާއި މަހެއްހާ ދުވަހު ސަރުކާރަށް ޚިދުމަތް ކުރެއްވި ފާއިޒާ އަބްދުލްގާދިރު
ރައީސް އޮފީސް
ފާއިޒާ އަބްދުލްގާދިރު
3 ނޮވެމްބަރު އުދުވާނުގެ ޝަރީއަތުގެ ހަނދާނާއެކު ޝަރުއީ ދާއިރާގައި ބައިގަރުނު
 
49 އަހަރާއި، 11 މަހާއި، 23 ދުވަސް ހޭދަ ކުރެއްވީ ޝަރުއީ ދާއިރާގައި
 
ފުރަތަމަ އަދާކުރެއްވީ ވުޒާރަތުލް މާލިއްޔާގެ އެނައުންސަރެއްގެ ވަޒީފާ
 
ރިޓަޔަރ ކުރައްވާފައިވަނީ 7 އޯގަސްޓު 2018 ގައި

އަމަލުން ވިޔަސް، ގަލަމުން ވިޔަސް، ޚިދުމަތެއް ކޮށްދީފިނަމަ އެކަމުގެ އަގުވަޒަން ކުރުމަކީ އޮންނަ ކަމެކެވެ. އެއީ ކޮންމެ ފަންތިއެއްގެ، ކޮންމެ ގިންތިއެއްގެ ވަޒީފާއެއް ނުވަތަ ޚިދުމަތެއް އަދާކޮށްދިން މީހަކަށްވިޔަސްއެވެ. ދައްކަން މި އުޅެނީ ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވައި، ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމަށްފަހު، މިއަދުވެސް އެކަނބަލެއްގެ ކިބައިން އެތައް ފިލާވަޅުތަކެއް ލިބެމުންދާ ދިވެހި ކަނބަލެއްގެ ވާހަކައެވެ. ބައި ގަރުނުގެ ޚިދުމަތަކީ ހަމަ ގައިމުވެސް ދުލަކުން ގަލަމަކުން އަގުވަޒަން ކުރެވޭނެ އެއްޗެއް ނޫނެވެ. އެވެސް ދައުލަތުގެ އެއް ބާރު ކަމަށްވާ އަދުލު އިންސާފުގެ މުގުރުގެ ފަހަތުގައިވާ ޝަރުއީ ދާއިރާއަށެވެ.

50 އަހަރާއި މަހެއްހާ ދުވަހު ސަރުކާރުގެ ޚިދުމަތުގައި ފާއިޒާ އަބްދުލްގާދިރު ދެމިހުންނެވިއިރު، އޭގެ ތެރެއިން 49 އަހަރާއި، 11 މަހާއި، 23 ދުވަސް ހޭދަ ކުރެއްވީ ޝަރުއީ ދާއިރާއަށް ޚިދުމަތް ކުރެއްވުމުގައެވެ. ގާތްގަނޑަކަށް ބައި ގަރުނު ޝަރުއީ ދާއިރާއަށް ޚިދުމަތް ކޮށްދެއްވާފައިވާއިރު، ރާއްޖޭގެ ތާރީޚުގައި ފެނުނު 3 ނޮވެމްބަރުގެ އުދުވާނުގައި ހިމެނޭ މީހުންގެ ޝަރީއަތުގެ ކަންކަންވެސް ގާތުން ވަނީ ދެކިވަޑައިގެންފައެވެ.

އޭރު ފާއިޒާ މަސައްކަތް ކުރައްވަމުން ގެންދެވީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ސެކެޓްރީއެއްގެ ގޮތުގައެވެ. އެގޮތުން 3 ނޮވެމްބަރުގެ އުދުވާނީ ޙަމަލާގައި ބައިވެރިވި މީހުންގެ ޝަރީއަތް ކުރިއަށް ދިޔައިރު، ކުށްވެރިންނާ ގުޅޭ އިދާރީ މަސައްކަތްތަކާއި، ޝަރީއަތްތައް އިންތިޒާމު ކުރެއްވުމުގެ މަސައްކަތުގެ އިސް ސަފުގައި އުޅުއްވި އެއް ބޭކަނބަލަކީ ފާއިޒާއެވެ.

ހައިކޯޓުގައި ފާއިޒާގެ މަސައްކަތްޕުޅުގެ ތާރީޚު ދިގެވެ. އެގޮތުން 1980 ވަނަ އަހަރު ހައިކޯޓު އުފެދުނީއްސުރެ ފެށިގެން 2009 ވަނަ އަހަރު ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުތައް ޑިޖިޓަލައިޒްކޮށް ލިޔަން ފެށުމާއި ހަމައަށް އަމިއްލަ އަތްޕުޅުން ކުރެއްވި އެ މަސައްކަތަކީ ހަމަ ގައިމުވެސް މިއަދުގެ ކުދިންނަށް މިސާލަކަށް ނޫނީ ނުވާނެއެވެ. އެ މަސައްކަތުގެ ދަށުން ހައިކޯޓުން ނިންމާ ޝަރީއަތްތަކުގެ އަތުލިއުމުގެ ފޮތްތައް ޑިޖިޓަލައިޒް ކުރުމަށްޓަކައި އާރކައިވް ކުރުމާއި، ސްކޭންކޮށް ފަހަށް ރައްކާ ކުރުމަށްޓަކައި އެ ސެކްޝަންގެ އިސްވެރިޔާގެ ހައިސިއްޔަތުން ބުރަ، ޒިންމާދާރު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން ޝަރީއަތްތައް ނިމުނު ގޮތުގެ ރިޕޯޓު އަތްޕުޅުން ލިއުއްވި އަދަދު އަންދާޒާ ކުރައްވަންވެސް ދަތިފުޅުކަމަށް ފާއިޒާ ވިދާޅުވެއެވެ.

ޝަރުއީ ދާއިރާގައި ފާއިޒާ އެންމެ ފުރަތަމަ ކުރައްވަން ފެއްޓެވި މަސައްކަތަކީ ގާޒީގެ މޭޒުކޮޅުގެ އެއް ފަރާތުގައި އިންނަވައިގެން ޝަރީއަތުގެ މަޖިލީހުގައި ހިނގަމުންދާ ކަންކަން ވަގުތުން ނޯޓު ކުރެއްވުމެވެ. އެ ނޯޓުތަކުގެ މައްޗަށް ބަޔާން ތައްޔާރު ކުރެއްވުމާއި، ޝަރީއަތްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައްވެސް ކުރައްވައެވެ. ކުރު ގޮތަކަށް ދަންނަވާނަމަ، މިއަދު ޑިޖިޓަލްކޮށް، ފެންނަން ހުންނަ ބޮޑެތި ކޭސް ރިޕޯޓު ފަދަ އެއްޗެހި ލިއުއްވާ ތައްޔާރު ކޮށްލެވީ އަމިއްލަ އަތްޕުޅުންނެވެ.

ސެކެޓަރީ ކަމުގެ އިތުރުންވެސް ހައިކޯޓުގެ މުހިއްމު މަގާމުތައް ފާއިޒާ ވަނީ ފުރުއްވާފައެވެ. އެގޮތުން ކޭސް ރިޕޯޓަރސް އެންޑް އާރކައިވްސް ސެކްޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އިސްވެރިޔާގެ މަގާމާއި، ހައިކޯޓުގެ އިޖުތިމާއީ ކޮމިޓީގެ ޗެއަރ ކަމުގެ އިތުރުން، ހިއުމަން ރިސޯސް ކޮމިޓީ، އެޗްއާރް ކޮމިޓީ، ޚަރަދު ކޮމިޓީ އަދި ބިޑް ކޮމިޓީއާއި، ސްޓެރެޓިޖިކް ކޮމިޓީ އަދި އިންޓަރވިއު ޕެނަލްގައިވެސް ރިޓަޔަރ ކުރެއްވުމާއި ހަމައަށް ޚިދުމަތުގައި ދެމިހުންނެވިއެވެ.

ހައިކޯޓުގައި ޚިދުމަތް ފެއްޓެވުމުގެ ކުރިން ވުޒާރަތުލް މާލިއްޔާގެ އެނައުންސަރެއްގެ ވަޒީފާއާއި، މަހުކަމަތުއް ޝަރުއިއްޔާގެ ކާތިބާގެ ވަޒީފާ އަދާ ކުރައްވާފައިވެއެވެ.

65 އަހަރުވުމާއެކު، އެކަމަނާ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވަނީ 7 އޯގަސްޓު 2018 ގައެވެ. އޭރު ހުންނެވީ ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
33%
67%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ކުރީގެ ރައީސް ޔާމީނަށް ހުކުމް ކުރުން މާދަމާ
އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން
ހެކިބަސް ނަގާފައި ބަންދުން ދޫކޮށްލާ މީހާގެ ނުފޫޒުން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ވަނީ ގިނަވެފައި: ހައިކޯޓު
ޖަލު ބަންދުގައި ތިބޭ މީހުން ޝަރުތުތަކާއެކު ގޭބަންދުކުރުމަށް ކުރާ އަމުރާ އެއްގޮތަށް ޢަމަލުކުރާކަން ދައުލަތުގެ އިދާރާތަކުން ކަށަވަރުކުރެވޭނެ ހަރުދަނާ އުޞޫލެއް ނެތް: ހައިކޯޓު
ގްރޫމްކޮށްގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާ ޝަރުތުތަކާއެކު ދޫކޮށްލަން ނިންމި ނިންމުން ބާތިލުކޮށްފި
ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމުގެ ސައްޙަކަން ކަނޑައެޅުމަށް ހައިކޯޓަށް ހުށަހަޅައިފި
ސުޕްރީމް ކޯޓަށް ލިބިދޭ ބާރުގެ ދަށުން އިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން އެދިއްޖެ