ކ. މާލެ
|
9 ނޮވެންބަރ 2021 | އަންގާރަ 20:32
ހުޅުމާލޭ ސަހަރާ
ހުޅުމާލޭ ސަހަރާ
ރާއްޖެއެމްވީ
ކޮވިޑް މަރު
ކޮވިޑްގެ އިތުރު މަރެއް
ނިޔާވީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއް
ކޮވިޑް ބަލީގައި ރާއްޖެއިން 246 މީހުން ވަނީ ނިޔާވެފައި

ކޮވިޑް-19 ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށް ނިޔާވި މީހާއަކީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ނިޔާވީ އަންގާރަ ދުވަހުގެ ހެނދުނު 11:55ގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މި މަރާއެކު ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ ވަނީ 246އަށް އަރާފައެވެ.

މި ބަލީގައި އެންމެ ފަހުން މީހަކު ނިޔާވީ މިދިޔަ ހުކުރު ދުވަހުއެވެ. އެއީ އައްޑޫ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ، އުމުރުން 87 އަހަރުގެ އަންހެނެކެވެ.


Advertisement
- ކޮމެންޓް