ކ. މާލެ
|
8 ނޮވެންބަރ 2021 | ހޯމަ 10:26
ފައްޔާޒް އިސްމާއިލް - އިކޮނޮމިކް މިނިސްޓަރ
ފައްޔާޒް އިސްމާއިލް - އިކޮނޮމިކް މިނިސްޓަރ
ރާއްޖެއެމްވީ
މިނިމަމް ވޭޖް
އެންމެ ކުޑަ އުޖޫރައަކީ 4،500 ރުފިޔާ
ދުވާލަކު މަދުވެގެން 6 ގަޑިއިރު މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް މަހަކު 7000 ރުފިޔާ
ވޭޖްގެ ފައިދާ 40-50 އިންސައްތަ މީހުންނަށް ލިބިގެންދާނެ
ފަތުރުވެރިކަމުގެ ދާއިރާގެ 13،000 މުވައްޒަފުންނަށް މީގެ ހެޔޮ މަންފާ ކުރާނެ

މިނިމަަމް ވޭޖް ކަނޑައަޅައިފިއެވެ.

މިނިމަމް ވޭޖް ބޯޑުގެ ލަފަޔާއެއްގޮތަށް ފައިސާއާ ނުގުޅޭ އެއްވެސް އެއްޗެއް ނުހިމެނުމަށް ވަނީ ނިންމާފައެވެ. ކަނޑައެޅިގެން ކޮންޓްރެކްޓްގައި ލިޔެވިގެންދެވޭ ފިކްސްޑް އެލަވަންސް، މިނިމަމް ވޭޖް ގުނުމުގައި ބަލާނެ އެއްޗެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

މިނިމަމް ވޭޖް ކަނޑައެޅި ދާއިރާތަކާއި މިނިމަމް ވޭޖް:

  • ކުދި ވިޔަފާރިތަކަށް، މަހަކު 4500ރ.
  • މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000ރ.
  • ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000ރ.
  • ދުވާލަކު މަދުވެގެން 6 ގަޑިއިރު މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް މަހަކު 7000 ރުފިޔާ ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.

އެންމެ ކުޑަ އުޖޫރަ އިއުލާން ކުރައްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވީ، ސިވިލް ސަރވިސްގައި މިހާރު ވަޒީފާ އަދާކުރާ ވަގުތުތަކަށް ބަދަލު ގެންނަން ޖެހޭޭ ކަމަށެވެ. ކުރިއަށް އޮތްތަނުގައި މި މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ. ވޭޖް ކަނޑައެޅުމުގައި ކޮވިޑްގެ ހާލަތަށް ރިއާޔަތްކުރެވިފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވިއެވެ.

ވޭޖްގެ ފައިދާ 40-50 އިންސައްތަ މީހުންނަށް ލިބިގެންދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ 13،000 މުވައްޒަފުންނަށް މީގެ ހެޔޮ މަންފާ ކުރާނެ ކަމަށް މިނިސްޓރ ވިދާޅުވިއެވެ. މިއާއެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް 10،000ރުފިޔާ ދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުދިގެން ހިނގައްޖެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޮކްޓޫބަރު މަހު ބޯޑުން ރިކޮމެންޑޭޝަން ފޮނުވާފައިވާ ކަމަށާއި، 30 ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައެޅުމަށް މަސައްކަތް ކުރެއްވިކަމަށް ވިދާޅުވިއެވެ. އެލަފާ އެރުވުމުން ދިރާސާ ކުރަން ފެށްޓެވި ކަމަށާއި، އޭގައި ހުރީ ރަނގަޅު ނިންމުން ތަކެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މިނިމަމް ވޭޖްގެ ގޮތުގައި އިއުލާން ކުރެވޭ އަދަދުތަކަކީ، ވަޒީފާ އަދާކުރާ ފަރާތްތަކަށް ހެޔޮ ބަދަލެއް ގެނުވާނެ، ވިޔަފާރިތަކަށް ހެޔޮ ބަދަލު ގެނުވާނެ އަދަދުތަކެއް ކަމަށެވެ.

ރަނގަޅު ވަޒީފާތަކަށް ދިވެހިން ނެރުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިހާރުވަނީ ދިރާސާތަކެއް ފަށާފައެވެ. ވަޒީފާ ނުލިބޭ މައްސަލައިގައި ތަފާތު ވާހަކަތައް ދެކެވެމުންދާ ކަމަށާއި، ވަޒީފާ އޮތް މިންވަރު ދެނެގަތުމަށް ހަގީގީ މާނައިގައި މަަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިނިސްޓްރީގެ ޑިޕާރޓްމެންޓެއްގެ ގޮތުގައި ޖޮބް ސެންޓަރ ގާއިމްކުރެވި މުސްތަގުބަލުގައި ވަކި މިނިވަން ތަނެއްގެ ގޮތުގައި އެތަން ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ޕޯޓަލް މެދުވެރިކޮށް ފަސޭހައިން ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަންނަ މަހު މައި ޖޮބްސެންޓާރ ހުޅުވިގެންދާނެ ކަމަށާއި، އެތަނުން ވަޒީފާ ހޯދަން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. ކޮންމެ ކައުންސިލަކާއެކު މަސައްކަތް ކުރަމުންދަނީ ކޮންމެ ކައުންސިލެއްގައި ޖޮބްސެންޓަރަށް ޚާއްސަ ޑެސްކެއް ގާއިމްކުރުމަށް ކަމަށް ވިދާޅުވިއެވެ.

ކޮވިޑްގެ މިހާލަތުން އަރައިގަންނަން މިކުރާ މަސައްކަތުގައި އިޤްޞާދު ނަގާ ކޮޅަށް ޖެހުމަށްކުރާ މަސައްކަތުގައި ހަށި ފޮޅާލައި ނުކުންނަން ފަސޭހަވެގެންދަނީ ވަޒީފާތައް ގެެއްލުނަ ނުދިނުމަށް ކުރި މަސައްކަތާއި، ވިޔަފާރިތަކަށް ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީފާ އަދާކުރާ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަރުމާ ކުރާ ބިލްގެ މަސައްކަތް އެޓާރނީ ޖެނެރަލްގެ އޮފީހުންގެ ކުރަމުން އަންނަ ކަމަށާއި، އާއްމު ރައްޔިތުންގެ ޚިޔާލަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިންޑަސްޓްރިއަލް ރިލޭޝަން އެކްޓްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

- ކޮމެންޓް
9 ނޮވެންބަރ 2021 | އަންގާރަ 08:32
AutoFill_FillEvent
މިނިވަން ވޭޖުން މިވަގުތު އަސަރުކުރަންޖެހޭނީ ބޮޑު މުސާރަ ލިބޭ ބަޔަކަށް ނޫން. މި މާލޭގައި އަދި ރަށްރަށުގައި އުޅޭ ކުޑަ މުސާރަ ލިބޭ މީހުންނަށް. ރަށްރަށުގައި އަދި މާލޭގެ ފިހާރަތަކާއި ކުންފުނިތަކުގައި މަސައްކަތް އެބަކުރޭ މަހަކު -/2000 ރ އަށް ވެސް. ރާއްޖެއަށް ފުރަތަމަ ޓެކްސް ނިޒާމް ތައާރަފު ކުރީމާވެސް ވަރަށް ވާހަކަ ދެއްކި