ކ. މާލެ
|
5 ނޮވެންބަރ 2021 | ހުކުރު 22:12
ރެންޑަމް ސާމްޕަލް ނެގުން
ރެންޑަމް ސާމްޕަލް ނެގުން
ރާއްޖެއެމްވީ
ކޮވިޑް އަޕްޑޭޓް
ހުކުރު ދުވަހު ޕޮޒިޓިވްވީ 130 މީހުން
އަތޮޅުތެރެއިން 103 މީހުން ޕޮޒިޓިވްވި
މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވީ 88،516 މީހުން
ބަލީގައި 245 މީހަކު ވަނީ ނިޔާވެފައި

ފާއިތުވި 24 ގަޑިއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވީ 130 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00 އިން ހުކުރު ދުވަހުގެ އިރުއޮއްސި 06:00 އަށް ޓެސްޓުކޮށްފައިވަނީ 2،801 ސާމްޕަލްއެއް ކަމަށެވެ. އޭގެތެރެއިން ޕޮޒިޓިވްވީ 130 ސާމްޕަލެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވީ 19 މީހުންނެވެ. އަތޮޅުތެރެއިން 103 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން ޕޮޒިޓިވްވީ 8 މީހުންނެވެ.

މިއާއެކު މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 88،516 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 1،968 ކޭހެއް ގުނަމުންދާ ކަމަށެވެ. މީގެ ތެރެއިން 25 މީހަކަށް ފަރުވާދެމުންގެންދަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދު 86،290 އަށް އަރާފައިވާއިރު، 245 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.


Advertisement
- ކޮމެންޓް