ކ. މާލެ
|
5 ނޮވެންބަރ 2021 | ހުކުރު 12:08
ސީޕީ އަހުމަދު މުޙައްމަދު ފުޅު މާލޭ ޖަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ސީޕީ އަހުމަދު މުޙައްމަދު ފުޅު މާލޭ ޖަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ކަރެކްޝަން ސަރވިސް
ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުން
ޖާގައަށް ވުރެ އިތުރަށް 33 އިންސައްތަ ގައިދީން މާލޭ ޖަލުގައި، ޝަރީއަތްތައް އަވަސްކުރަން ޖެހޭ
ޖާގައަށްވުރެ %33 އިތުރަށް ބަންދުގައި މީހުން އެބަތިބި
ޝަރީއަތްތައް މިހާރަށްވުރެ އަވަސްކުރަން ޖެހޭ
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ އަދަދު ގިނަ

ޖާގައަށް ވުރެ އިތުރަށް 33 އިންސައްތަ ގައިދީން މާލޭ ޖަލުގައި އެބަތިބިކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް (ސީޕީ) އަހުމަދު މުޙައްމަދު ފުޅު ވަނީ މާލޭ ޖަލުގައި ތިބި ބަންދުމީހުންނާ ބައްދަލު ކުރައްވަައި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އެގޮތުން ސިއްހީ މައްސަލައަކީ މިވަގުތު ދިމާވެފައިއޮތް އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، ޖަލުގެ ޖާގައާ ނުބައްދަލު އަދަދަށް މީހުން ބަންދުކުރަން ޖެހިފައިވުމުން ޚިދުމަތް ފޯރުކޮށް ދިނުމަށް ގިނަ ދަތިތައް އެބަހުރި ކަމަށެވެ.

ސީޕީ ވިދާޅުވީ، މިވަގުތު ވެސް މާލޭ ޖަލުގައި ޖާގައަށްވުރެ 33 އިންސައްތަ އިތުރަށް ބަންދުގައި މީހުން އެބަތިބި ކަމަށެވެ. އަދި ޝަރީއަތްތައް މިހާރަށްވުރެ އަވަސްކުރަން ޖެހޭކަމަށް ސީޕީ ވިދާޅުވިއެވެ.

ކަރެކްޝަންސްއިން މައުލޫމާތު ދޭ ގޮތުގައި ޖަލުގެ ޖާގައަށްވުރެ މީހުން އިތުރުވެފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ އަދަދު އިތުރުވެ، ޝަރީއަތްތައް ނުނިމި ލަސްވަމުންދާތީއެވެ.

މައްސަލަތަކުގެ ޝަރީއަތްތައް އަވަހަށް ނިމެންޖެހޭކަން ސީޕީ ވެސް ފާހަގަކުރައްވާފައިވާއިރު، މައްސަލަތައް ނުނިމި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރޭގައި 6 އަހަރު ދުވަހު ބަންދުގައި ތިބި މީހުން އެބަތިބިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވެސް މީގެ ކުރިން ބުނެފައިވެއެވެ.

ޖިނާއީ މައްސަލަތަކުގައި ތަހުގީގަށް ބަންދުކުރެވޭ މީހުންނާއި، ޝަރީއަތް ނިމެންދެން ބަންދުކުރެވޭ މީހުންނާގުޅޭ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންކޮށްފައިވާ މަސައްކަތުގެ މައްޗަށް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ހާއްސަ ރިޕޯޓް އާންމުކޮށްފައިވާ އިރު، ޖިނާއީ އަދުލުގެ ނިޒާމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ ބަޔަކު ތިބުން ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ. އެގޮތުން ބަންދުގައި ތިބި މީހުންގެ ތެރޭގައި މައްސަލަތައް ނުނިމި 6 އަހަރު ނުވަތަ 5 އަހަރު ވެފައި ތިބިމީހުން އެބަ ތިބިކަމަށާއި މިއީ ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ރިމާންޑް ޖަލުތަކުގެ ޖާގައިގެ ދަތިކަމާހެދި ރިމާންޑްޖަލަކަށް ބަދަލު ނުކުރެވި ތިބި މީހުން ވެސް ހިމެނޭކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

ޖަލުތަކުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ސަރުކާރުން ޖަލުތަކުގެ ހާލަތު ބެލުމަށްފަހު ޖަލު އޮޑިޓް ރިޕޯޓެއް ނެރެފައިވެއެވެ. ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތުމުގެ މައްސަލަ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ގައިދީން ބަލަހައްޓަމުން ދަނީ ހަތަރު ޖަލެއްގައި ކަމަށާއި އެ ޖަލުތަކުގެ ޖުމްލަ ޖާގައަކީ 1300 ކަމަށް ހޯމް މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވެއެވެ. ނަމަވެސް ޖަލުތަކުގެ އާބާދީ ކެޕޭސިޓީއަށްވުރެ އިތުރުކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކަރެކްޝަންސްއިން ބަލަހައްޓަމުންދާ ޖަލުތަކުގައި ތިބި ޤައިދީންގެ 70 އިންސައްތަ އަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުންކަމަށް ކަރެކްޝަންސް ގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
ކޮމެންޓް
- ގުޅުންހުރި
އެމްޑީޕީ ވެރިކަމުގައި ނެތް ކޮންމެ ފަހަރަކު ޖަލުގައި އަނިޔާކުރުން ފަދަ މައްސަލަތައް އާއްމުވޭ: މައުރޫފް
ޖަމީލު ނިޔާވި މައްސަލައިގައި ފުލުހުންގެ ގާނޫނާއި ފުށުއަރާ ބައިވަރު ކަންތައްތަކެއް ހިނގާފައި އެބަހުރި - ނާޒިލް
ޖަމީލް ނިޔާވެފައި މައްސަލައިގައި ޝައްކުއުފެދޭ ކަންކަން ހުރުމުން އެކަން ބަލައިދިނުމަށް ޑިމޮކްރެޓްސްގެ ފަރާތުން އެޗްއާރުސީއެމްއަށް ހުށަހަޅައިފި
ޖަމީލްގެ ހަށިގަނޑުގައި ހުރީ ގޯނާއެއްގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ނޫން، ޑޮކްޓަރުންނަށްވެސް ބެލެވެނީ އެހެން: ފުލުހުން
ޖަމީލްގެ މަރަށް ބަލާއިރު، އޭނާއަށް އެއްވެސް ފަރާތެއްގެ ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމަށް ނުބެލެވޭ: ފުލުހުން
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި އޮފިސަރުންގެ ބަންދުގެ މުއްދަތު ޖަހައިފި
މާފުށި ޖަލުގައި ނިޔާވި ޖަމީލްގެ ޕޯސްޓްމޯޓަމް ހަދަން ހޯމް މިނިސްޓަރ އަންގަވައިފި
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ގިނަ އޮފިސަރުން ތަކެއް ހައްޔަރުކޮށްފި