ކ. މާލެ
|
4 ނޮވެންބަރ 2021 | ބުރާސްފަތި 18:40
ބިދޭސީން މުޒާހަރާ ކުރުން
ބިދޭސީން މުޒާހަރާ ކުރުން
ރާއްޖެއެމްވީ
ބިދޭސީންގެ މައްސަލަ
ވަކި ގައުމަކަށް ނިސްބަތްވާ ބިދޭސީންގެ އަދަދު އާދަޔާ ޚިލާފަށް ރާއްޖޭގައި އިތުރުވިޔަކަ ނުދޭނަން: ފައްޔާޒު
 
ބިދޭސީންގެ މައްސަލައަކީ އަނދަވަޅެއް ކަހަލަ، އަޑި ނޭނގޭ މަތި ނޭނގޭ ގޮތަށް އޮތް މައްސަލައެއް

ވަކި ގައުމަކަށް ނިސްބަތްވާ ބިދޭސީންގެ އަދަދު އާދަޔާ ޚިލާފަށް ރާއްޖޭގައި އިތުރުވިޔަ ނުދޭނެ ކަމަށް އިކޮނިމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ, މިއަދާ ހަމައަށް އައިއިރު ބިދޭސީންގެ މައްސަލައަކީ އަނދަވަޅެއް ކަހަލަ, އަޑި ނޭނގޭ މަތި ނޭނގޭ ގޮތަށް އޮތް މައްސަލައެއް ކަމަށެވެ. އަދި މިއަދު އެކަން ސާފު ކުރެވިފައިވާ ކަމަށެވެ.

ބިދޭސީންނާގުޅޭ ގާނޫނާއި ގަވާއިދުތައް އެކުލަވާލައި، މިނިސްޓްރީގެ ސިސްޓަމް ވަރަށް ބޮޑަށް އޮޓޮމޭޓް ކުރެވިފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. އަދި ސިސްޓަމް ސާފުކޮށް ކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ވަކި ގައުމަކަށް ނިސްބަތްވާ މީހުން އިތުރެއް ނުވާނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ, އިތުރު މީހުން އައުމަކަށް ޖާގަ ވެސް ނުދެވޭނެ ކަމަށެވެ.

ބިދޭސީންގެ މައްސަލާގައި ބޭނުންވާ ނަތީޖާ އަދި ނުނެރެވުނު ކަމުގައިވިޔަސް, ކުރެވިފައި ހުރި މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

މި ސަރުކާރުން ވެސް ވަނީ ބިދޭސީންގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ބުނެފައެވެ. އެގޮތުން ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ޕްރޮގްރާމްތަކެއް ވެސް މި ސަރުކާރުން ވަނީ ފަށާފައެވެ.

ރެގިއުލަރައިޒް ކުރަން ފެށި މަސައްކަތުގައި 43،000 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު, ކޮވިޑާ ހެދި މީހުން ގެނެސްގެން އެކަން ކުރުން މަޑު ޖެހިފައި އޮތް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަޖިސްޓަރ ކުރި މީހުންގެ ތެރެއިން 8،938 މީހުން އެދިގެން ފުރުވާލާފައިވާއިރު 2020 ވަނަ އަހަރުގައި 15،000 މީހުން އަމިއްލައަށް ފުރައިގެން ދިޔައެވެ. ހަމައެއާއެކު، 2021 ގައި 3،000 މީހުން ފުރައިގެން ދިޔުމާއެކު ޖުމްލަ 27،000 މީހުން މިހާރު ފުރައިގެން ގޮސްފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. ރާއްޖޭގައި 281،000 ބިދޭސީން އެބަތިބި ކަމަށް ތަފާތު ހޯދުންތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ
ގާނޫނާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ވަގުތުން ޑީޕޯޓު ކޮށްލެވޭ ގޮތަށް ގާނޫނުތައް ތަންފީޒުކުރަންޖެހޭ: އާޒިމް
ގަވާއިދާ ހިލާފަށް އުޅޭ 900ށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ފުރުވާލެވިފައިވޭ: ޝަމްއާން
ރަމަޟާން މަހުގެ 20ން 30ށް އިކޮނޮމިކް މިނިސްޓްރީން ޢާއްމުންނާ ވިޔަފާރިތަކަށް ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް އާންމުކޮށްފި
ބިދޭސީންގެ މައްސަލަ ފާލުން ނެއްޓުމަކީ އެތައް އަހަރެއްގެ އިހުމާލުގެ ނަތީޖާ، ހަމަމަގަށް އަޅުވަން ކުރަންޖެހޭ މަސައްކަތް ބުރަ
ކަޅުބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގަވާއިދާ ހިލާފަށް އުޅޭ 800ށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ފުރުވާލެވިފައި: އިމިގްރޭޝަން
ކެއިން ބުއިމާއި މުދާ ވިއްކާ ތަންތަން ރޯދަ މަހާއި ހަ ރޯދަތެރޭގައި ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފި