Advertisement
ކ. މާލެ
|
2 ނޮވެންބަރ 2021 | އަންގާރަ 22:35
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު 2021
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު 2021
އިންތިޚާބީ އޮފިޝަލުން
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު 2021
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަށް 2.3 މިލިއަން ރުފިޔާ ޚަރަދުވި
އިންތިޚާބުގައި 47،100 މީހުން ވޯޓުލާފައިވޭ
ނުފޫޒުގަދަ ގިނަ ބޭބޭފުޅުން އިންތިޚާބު ކާމިޔާބުކުރެއްވި

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަށް 2.3 މިލިއަން ރުފިޔާ ޚަރަދުކުރެވުނުކަމަށް އެ ޕާޓީގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ, އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު މިހާރު ނިންމާލެވިފައިވާއިރު، މި އިންތިޚާބުގެ ކަންކަމަށް ޖުމްލަ 2.3 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާކަމަށެވެ. އެއީ އިންތިޚާބުގެ ވޯޓު ކަރުދާސް ތައްޔާރުކުރުމަށާއި، ވޯޓުލާ މަރުކަޒަށް ދިޔަ ޚަރަދުގެ އިތުރުން އިންތިޚާބުގެ ކަންކަމުގައި ކުރި ދަތުރުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހަށް ކުރިޔަށް އޮތް 5 އަހަރުގެ މުއްދަތަށް މެމްބަރުން އިންތިޚާބުކުރުމަށް ކުރިޔަށްގެންދިޔަ އިންތިޚާބުގައި 93,612 މެމްބަރުންނަށް ވޯޓުލެވެއެވެ. ވޯޓުލާން 47،100 މީހުން ނިކުމެފައިވާއިރު މިއީ ވޯޓުލާން ޖެހޭ މީހުންގެ ތެރެއިން 50.31 އިންސައްތަ މީހުންނެވެ.

Advertisement

މި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، އިންތިޚާބުގައި ވާދަކުރެއްވި ނުފޫޒުގަދަ ބޭބޭފުޅުން ވަނީ ގޮނޑި ކާމިޔާބުކުރައްވާފައެވެ. ގޮނޑި ކާމިޔާބުކުރެއްވި ބޭބޭފުޅުންގެ ތެރޭގައި މާލެ ސިޓީގެ ކުރީގެ މޭޔަރ ސިފާ މުހައްމަދު، ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.

މި އިންތިޚާބުގައި ރައީސް ސޯލިހުގެ ފަޅިން ގިނަ ގޮނޑިތަކެއް ވަނީ ކާމިޔާބުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް