Advertisement
ކ. މާލެ
|
31 އޮކްޓޯބަރ 2021 | އާދީއްތަ 17:43
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
މީޑީއާނެޓްގެ ޚިދުމަތް
އެޗްޑީސީގެ އޯޕެން އެކްސެސް ނެޓްވޯރކް ބޭނުންކޮށްގެން މީޑިއާނެޓްގެ ޚިދުމަތް ތައާރަފުކުރަނީ!
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މީޑިއާނެޓްގެ ޚިދުމަތްތައް ފަސޭހަކަމާއި އަވަސްކަމާއެކު ލިބިގެންދާނެ
މި ނެޓްވޯރކްގެ ޒަރީއާއިން، އިންޓަނެޓާއި ޓީވީގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އެއް ވިއުގައަކުން ޚިދުމަތްދެވޭނެ
ޚިދުމަތް ދިނުމަށް ހޭދަވާ ޚަރަދު ކުޑަވާނެ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯރކް ބޭނުންކޮށްގެން މީޑިއާނެޓްގެ ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޗްޑީސީން ބުނީ އާދިއްތަ ދުވަހު މި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް، އަދި ޚާއްސަކޮށް ހިޔާފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މީޑިއާނެޓްގެ ޚިދުމަތްތައް ފަސޭހަކަމާއި އަވަސްކަމާއެކު ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ އޯޕެން އެކްސެސް ނެޓްވޯރކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު ވިއުގައެވެ. މި ނެޓްވޯކްގެ ޒަރީއާއިން އިންޓަނެޓާއި ޓީވީގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އެއް ވިއުގައަކުން ޚިދުމަތް ދެވޭނެއެވެ.

Advertisement

އެގޮތުން، ޚިދުމަތް ދިނުމަށް ހޭދަވާ ޚަރަދު ކުޑަވެ، ރައްޔިތުންނަށްދެވޭ ޚިދުމަތުގެ އަގު ކުޑަވުމުގެ މަގު ވެސް ފަހިވެގެން ދާނެއެވެ. މީގެ އިތުރުން، ޚިދުމަތް ހޯދާ މީހުންނަށް އެއްވެސް ދަތިކަމެއް ނެތި، އަވަސްކަމާއެކު ގިނަ ޚިދުމަތްތަކެއް ލިބިގެން ދާނެ އެވެ. އަދި ޚިދުމަތް ހޯދާ މީހުންނަށް ވެސް އެއްވެސް ދަތިކަމެއްނެތި އަވަސްކަމާއެކު ގިނަ ޚިދުމަތްތަކެއް ލިބިގެން ދާނެއެވެ. މިފަދަ ޚިދުމަތްތައް ދޭ މީހުން އެއްވިއުގައެއް ހިއްސާކުރުމުން, ގިނަގިނައިން މަގު ކޮންނަންޖެހުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ ޒަމާނީ މި ފައިބަރ ވިއުގައިގެ މައްޗަށް ބިނާކުރެވިފައިވާ އިންފްރާސްޓްރަކްޗަރގެ ސަބަބުން މުޖުތަމައު ބޭނުންވާފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުވުމުގެ މަގުފަހިވެގެންދާނެއެވެ. އަދި މީގެ ފައިދާތަކާއި ތަފާތު ލުއިފަސޭހަތައް ހުޅުމާލޭގައި ދިރިއުޅޭ އާންމު ރަޔިތުންނަށާއި، ވިޔަފާރިތަކަށާއި, ޓީވީ، އިންޓަރނެޓް، އަދިވެސް މުވާސަލާތީ ޚިދުމަތްތައްދޭ ފަރާތްތަކަށް ލިބިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް