ކ. މާލެ
|
28 އޮކްޓޯބަރ 2021 | ބުރާސްފަތި 12:00
އައްޑޫ
އައްޑޫ
ދަ އެޑިޝަން
ކޮވިޑްގައި އިތުރު މީހަކު ނިޔާވުން
އަނެއްކާވެސް އައްޑޫއިން ކޮވިޑްގެ މަރެއް!
ނިޔާވީ 81 އަހަރުގެ އަންހެނެއް
މިއީ މިމަހު އައްޑޫއިން ނިޔާވި 5 ވަނަ މީހާ

ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ބަލީގައި ނިޔާވި މީހާއަކީ އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ހޯދަމުންދިޔަ 81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ ނިޔާވީ ރޭ މެންދަމު 02:13 ގައި ކަަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 243 އަށް އަރާފައެވެ.

މި މަރާއެކު މި ބަލީގައި މިމަހު އައްޑޫއިން ނިޔާވި މީހުންގެ އަދަދު ވަނީ 5 އަށް އަރާފައެވެ. މިމަހުގެ 26 ވަނަ ދުވަހުވެސް ކޮވިޑް ބަލީގައި 2 މީހަކު ވަނީ ނިޔާވެފައެވެ. އެއީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނަކާއި، 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.


Advertisement
- ކޮމެންޓް