ކ. މާލެ
|
26 އޮކްޓޯބަރ 2021 | އަންގާރަ 17:15
ކޮވިޑް-19 ބަލީގައި ނިޔާވާ މީހުން ވަޅުލުމަށް ތައްޔާރުވުމުގެ ތެރެއިން
ކޮވިޑް-19 ބަލީގައި ނިޔާވާ މީހުން ވަޅުލުމަށް ތައްޔާރުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ކޮވިޑް-19ގައި 2 މީހުން ނިޔާވުން
ކޮވިޑް ބަލީގައި މިއަދުގެ 2 ވަނަ މަރު
މިއަދު ނިޔާވި ދެމީހުންނަކީވެސް އައްޑޫއިން ނިޔާވި ދެމީހުން

އަންގާރަ ދުވަހު ކޮވިޑް-19 ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާކަމަށެވެ.

އޭނާ ނިޔާވީ އަންގާރަ ދުވަހުގެ މެންދުރު 13:10ގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއީ ކޮވިޑް ބަލީގައި ނިޔާވި 242 ވަނަ މީހާއެވެ.

މީގެއިތުރުން ރޭ ދަންވަރު 12:10ގައި ވެސް އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް 86 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ. މިއާއެކު މި މަހު އައްޑޫއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 5އަށް އަރާފައެވެ.


Advertisement
- ކޮމެންޓް