ކ. މާލެ
|
26 އޮކްޓޯބަރ 2021 | އަންގާރަ 00:01
މާލޭގެ ރަސްފަންނު ސަރަޙައްދު
މާލޭގެ ރަސްފަންނު ސަރަޙައްދު
ރާއްޖެއެމްވީ
ކޮވިޑް-19ގެ ހާލަތު
ހޯމަ ދުވަހު މުޅި ރާއްޖެއިން ޕޮޒިޓިވްވީ 149 މީހުން
ރިސޯޓުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން

ރާއްޖެއިން އިތުރު 149 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އާދިއްތަ ދުވަހުގެ ހަވީރު 6:00އިން ހޯމަ ދުވަހުގެ ހަވީރު 6:00އާ ދެމެދު 3،357 ސާމްޕަަލްއެއް ޓެސްޓުކޮށްފައިވާކަމަށެވެ. މީގެތެރެއިން ކޮވިޑަަށް ޕޮޒިޓިވްވީ 149 މީހުން ކަމަށެވެ.

މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 39 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 85 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 25 މީހުންނެވެ. މިއާއެކު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 87،071އަށް އަރާފައެވެ.

މިވަގުތު 1،550 އެކްޓިވް ކޭސް ގުނަމުންދާއިރު، 22 މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން ގެންދަނީ ފަރުވާދެމުންނެވެ.

މިހާތަނަށް މިބަލިން ފަސޭހަވެފައިވަނީ 85،268 މީހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ކޮވިޑް ބަލީގައި ރާއްޖެއިން 240 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖެއިން ފެންނަ ކޭސްތައް އެއްވަރެއްގައި ހިފެހެއްޓިފައި އޮތުމަށްފަހު އަނެއްކާވެސް މިވަނީ ކޭސްތައް މައްޗަށް ދާން ފަށާފައެވެ. މިގޮތުން މިމަހުގެ 23 ވަނަ ދުވަހު މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 225 އަށް އަރާފައެވެ.


Advertisement
- ކޮމެންޓް