ކ. މާލެ
|
25 އޮކްޓޯބަރ 2021 | ހޯމަ 01:35
އިސްމާޢީލް ނަދީމް
އިސްމާޢީލް ނަދީމް
ޕޮލިސް
ނަދީމް ނިޔާވުން
ހާޓް އެޓޭކެއް ޖެހިގެން ނޯތު ޕޮލިސްގެ ރީޖަނަލް ކޮމާންޑަރުގެ ޑެޕިއުޓީ އިސްމާއީލް ނަދީމް ނިޔާވެއްޖެ
 
ފުލުހެއްގެ ވަޒީފާ 18 އަހަރަށްވުރެ ގިނަދުވަހު އަދާކޮށްފައިވޭ
 
ނަދީމް ނިޔާވީ ބ. އޭދަފުށީގައި ފުޓްބޯޅަ ކުޅެން ހުއްޓާ

ނޯތު ޕޮލިސްގެ ރީޖަނަލް ކޮމާންޑަރުގެ ޑެޕިއުޓީ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާއީލް ނަދީމް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ނަދީމް ނިޔާވީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. ބ. ހިތާދޫ އުރަހަ އިސްމާއީލް ނަދީމް ނިޔާވިއިރު އޭނާއަކީ ނޯތު ޕޮލިސްގެ ރީޖަނަލް ކޮމާންޑަރުގެ ޑެޕިއުޓީއެވެ. ނިޔާވީ ބ. އޭދަފުށީގައި ފުޓްބޯޅަ ކުޅެން ހުއްޓާ ހާޓް އެޓޭކެއް ޖެހިގެންނެވެ.

ނަދީމް ނިޔާވުމާާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އިޚްލާސްތެރިކަމާއެކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރި ޗީފް އިންސްޕެކްޓަރ އިސްމާއީލް ނަދީމުގެ ކުއްލި ވަކިވުމުން މުޅި މުއައްސަސާއަށް ފުން ހިތާމައެއް ވެރިވެފައިވާ ކަމަށެވެ. ފުލުހެއްގެ ވަޒީފާގައި 18 އަހަރަށްވުރެ ގިނަދުވަސް ހޭދަކޮށްފައިވާ ނަދީމަކީ ޚުލްގުހެޔޮ އެކުވެރި އަދި ގާބިލް އޮފިސަރެއް ކަމަށެވެ.

ފުލުހުން ބުނީ ފުން ހިތާމައިގެ މި ދަނޑިވަޅުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހުރިހާ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނަމުގައި މަރުހޫމުގެ އާއިލާއަށް ތައުޒިޔާ ރައްދުކުރާ ކަމަށެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާއީލް ނަދީމަށް ލިބިފައިވާ ކުލަ އަދި މެޑަލްތަކުގެ ތެރޭގައި ސުނާމީ ކާރިސާގެ މެޑަލް، ފުލުހުންގެ މެޑަލް، އަޚުލާގީ ކުލަ، ފުލުހުންގެ ޚިދުމަތުގެ ކުލަ، އިޚުލާސްތެރި ޚިދުމަތުގެ ކުލަ، އަޚުލާގީ ކުލަ 2، މިނިވަން ފަންސާހުގެ މެޑަލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ ހިމެނެއެވެ.

އިސްމާއީލް ނަދީމް ނިޔާވިއިރު ދެ ފިރިހެން ކުދިންނާއިއަންހެން ކުއްޖަކު ދުނިޔޭގައި އެބަތިއްބެވެ. ނަދީމުގެ އުމުރަކީ 37 އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
50%
0%
50%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި