ކ. މާލެ
|
22 އޮކްޓޯބަރ 2021 | ހުކުރު 23:14
ރޭގަނޑު މާލޭގެ މަގުމަތި
ރޭގަނޑު މާލޭގެ މަގުމަތި
ރާއްޖެއެމްވީ
ކޮވިޑް-19ގެ ހާލަތު
އިތުރު 55 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
3،063 ސާމްޕަލެއް ޓެސްޓުކޮށްފައިވޭ
1،322 ކޭސް އެކްޓިވް ކޭހުގެ ގޮތުގައި ގުނަމުންދޭ

ހުކުރު ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވީ 55 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ބުރާސްފަތި ދުވަހުގެ ހަވީރު 06:00 އިން ހުކުރު ދުވަހުގެ ހަވީރު 06:00 އާ ދެމެދު 3،063 ސާމްޕަލްއެއް ޓެސްޓުކޮށްފައިވާ ކަމަށެވެ. މީގެތެރެއިން ޕޮޒިޓިވްވީ 55 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 21 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 21 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 13 މީހުންނެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 86،605 އަށް އަރާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 1،322 ކޭސް ގުނަމުންދާއިރު، ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދަނީ 18 މީހަކަށެވެ.

މިހާތަނަށް ބަލިން ފަސޭހަވެފައިވަނީ 85،030 މީހުންނެވެ. ބަލީގައި 240 މީހަކު ވަނީ ނިޔާވެފައެވެ.


Advertisement
- ކޮމެންޓް