ކ. މާލެ
|
21 އޮކްޓޯބަރ 2021 | ބުރާސްފަތި 12:34
ކޮވިޑް-19ގައި ނިޔާވި މީހަކު ވަޅުލުން
ކޮވިޑް-19ގައި ނިޔާވި މީހަކު ވަޅުލުން
ސޯޝަލް މީޑިއާ
ކޮވިޑް-19
ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 240 އަށް
ނިޔާވީ 44 އަހަރުގެ ދިވެހި އަންހެނެއް

ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 240 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބުރާސްފަތި ދުވަހުގެ ފަތިހު 03:15 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދިޔަ މީހަކު ނިޔާވެފައިވާކަމަށެވެ. އެއީ އުމުރުން 44 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއާއެކު ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 240 އަށް އަރާފައެވެ.

މިމަހުގެ 18 ވަނަ ދުވަހު ކޮވިޑް ބަލީގައި 87 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެއީ އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދިޔަ މީހެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.


Advertisement
- ކޮމެންޓް