Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2021 | އަންގާރަ 19:49
ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ
ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ
މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
އިންތިޚާބުތަކުން ކާމިޔާބު ހޯދުމާއި ވެރިކަން ދެމެހެއްޓުމުގައި ޕީޕީއެމްއިން ބޭނުންކުރީ މަސްތުވާތަކެތި: ޔައުގޫބް
އިންތިޚާބުގެ ތެރޭގައި އަޅުގަނޑާ ވާދަކުރި ކެންޑިޑޭޓުގެ ފަރާތުން (3 ފަހަރު މަތިން) މަސްތުވާތަކެތި އެ ދާއިރާގެ ރަށްތަކަށް ގެންދަން އުޅުނު: ޔައުގޫބް

ކުރީގެ ސަރުކާރުތަކުން, ވަކިން ޚާއްސަކޮށް ޕީޕީއެމް ސަރުކާރުގައި ވިސްނުމަކަށް ވެފައި އޮންނަނީ އިންތިޚާބެއްވިޔަސް، އަދި އެހެންކަމެއްވިޔަސް, ވެރިކަން ހިފަހައްޓަންވިޔަސް މަސްތުވާތަކެތީގެ ބޭނުންކޮށްގެން ކުރިޔަށް ދިޔުން ކަމުގައި ކަމަށް ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ޔައުގޫބް ވިދާޅުވީ, އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިން ފާހަގަވަނީ ގިނަ އަދަދަކުން މަސްތުވާތަކެތި މިސަރުކާރުން ހިފަހައްޓަމުންދާތީ އެކަމާ ކަންބޮޑުވެގެން ހުށަހަޅުއްވާފައިވާ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. ޔައުގޫބް ވިދާޅުވީ މިސަރުކާރުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ އެތަކެތި މާކެޓަށް ނިނެރެ ހިފަހައްޓަމުންދާތީ އެކަމާ ކަންބޮޑުވެ ހުށަހެޅުއްވި މައްސަލައެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށެވެ.

Advertisement

ޔައުގޫބް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ވެރިކަން ކުރިއިރު, ވަކިން ޚާއްސަކޮށް އޭރުގައި ދިގު 30 އަހަރުގެ ވެރިކަން ކުރަން ފަސޭހައަކަށް, ދިވެހި ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެއްސުމުގެ ލަފާ, އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ބޭފުޅަކު ދެއްވި އަޑުއައްސަވާކަމަށެވެ. އޭގެފަހުން މިއަދާ ހަަމައަށް އެތައް ޖީލެއް މިކަމުގައި ހަލާކުވެގެން ގޮސްފައިވާއިރު އެކަމުގެ ލަފާދީފައިވަނީ ކުރީގެ ރައީސް ޔާމީން ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ ޕީޕީއެމް އާއި މަސްތުވާތަކެއްޗާއި ގުޅުންހުރި މިންވަރު އެނގިވަޑައިގަންނަވާކަމަށެވެ. އެގޮތުން ޔައުގޫބް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވިއިރު ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރެއްވިކަމަށެވެ. އަދި ދާންދޫ ދާއިރާގެ ރަށްތަކުގައި މަސްތުވާތަކެއްޗާ ގުޅޭގޮތުން ހުރިކަންކަން ގާތުން ބައްލަވައިދެއްވުމަށް އެދިވަޑައިގެންނެވިކަމަށް ޔައުގޫބް ވިދާޅުވިއެވެ.

އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި އިންތިޚާބުގެ ތެރޭގައި އަޅުގަނޑާ ވާދަކުރި ކެންޑިޑޭޓުގެ ފަރާތުން 3 ފަހަރު މަތިން މަސްތުވާތަކެތި އެ ދާއިރާގެ ރަށްތަކަށް ގެންދަން އުޅުނު. 3 ފަހަރު މަތިން އެ މަސްތުވާތަކެތި ހިފެހެއްޓި ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބުނު. މިސަރުކާރާއި އޭރުގެ ސަރުކާރާ ހުރި ތަފާތު. އޭރު ސަރުކާރު، ޚާއްސަކޮށް ޕީޕީއެމް ސަރުކާރުގައި އެ މީހުންގެ ވިސްނުމަކަށް އޮންނަނީ އިންތިޚާބެއްވެސް އަދި އެހެން ކަމެއްވެސް ވެރިކަން ހިފަހައްޓަންވެސް މަސްތުވާތަކެތީގެ ބޭނުންކޮށްގެން ކުރިޔަށްދިޔުން. އަޅުގަނޑު އެދުނީ އެމްޑީޕީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެކަން ހުއްޓުވަން
ޔައުގޫބް އަބްދުﷲ / ދާންދޫ ދާއިރާ

މީގެއިތުރުން ޔައުގޫބް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފަހު ދުވަސްކޮޅު ވިލނގިލީގައި ބޭއްވި ޖަލްސާއެއް "ވިދިވިދި އޮޓޯ"ގެ ނަމުގައި ބާއްވާފައިވާއިރު އެއީ ސިޔާސީ ގޮތުން އައި ވާހަކައެއްކަމަށް އޭރު ހީކުރެވުނުކަމަށެވެ. ނަމަވެސް ފަހުން ވިސްނާލުމުން އެނގުނީ އެނަމަކީވެސް މަސްތުވާތަކެތީގެ ވަބާގައި ޒުވާނުން ކުދިކުދިކޮށްލާނެ ވާހަކަކަން އެނގިވަޑައިގެންނެވިކަމަށެވެ. އެކަން ޔަގީންވީ އެޖަލްސާ ލީޑުކުރި ޕީޕީއެމްގެ ފަރާތް މަސްތުވާތަކެތީގެ މައްސަލާގައި ޖަލުގައި އޮތުމުންކަމަށް ޔައުގޫބް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
19 އޮކްޓޯބަރ 2021 | އަންގާރަ 22:41
ދިދަ
އެއްކަލަ ވާނުވާ.. މިދެން ކާކުތަ؟؟؟؟ ރަށަށްގޮސް ރަށުގަ ހަޅޭއްލަވާބަލަ.. ތިމާ ވަރުގެ މީހަކު ނެތިގެން އުޅޭ މީހެއް..