ކ. މާލެ
|
19 އޮކްޓޯބަރ 2021 | އަންގާރަ 11:26
ބަންޑާރަނައިބް އިބްރާހިމް ރިއްފަތު- އޭޖީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ އަދިވެސް ހަމަ ވަޒީރުކަމަށް
ބަންޑާރަނައިބް އިބްރާހިމް ރިއްފަތު- އޭޖީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ އަދިވެސް ހަމަ ވަޒީރުކަމަށް
ރާއްޖެއެމްވީ
ފުލުހުންގެ ޚިދުމަތުގެ ޤާނޫނު
"ފުލުހުންގެ ކަންކަމުގައި ރައީސާއި މަޖިލީހަށް އަދިވެސް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރ"
 
އެ މަސައްކަތްތައް މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުން ހިންގަވަމުން ގެންދެވުމަށް އެންގެވި
 
މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ގޮތް ލިޔުމުން ފޮނުވާފައިވޭ
 
މިނިސްޓްރީގެ ދަށުން ފުލުހުންގެ ޚިދުމަތް ވަކިކޮށްފައިވާކަން ހޯމް މިނިސްޓަރަށް ވަނީ އަންގާފައި

މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތް ވަކިކުރިނަމަވެސް ފުލުހުންގެ ކަންކަމުގައި އަދިވެސް ޖަވާބުދާރީވާންޖެހޭނީ ހޯމް މިނިސްޓަރުކަމަށް ބަންޑާރަނާއިބް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް, ދިވެހި ފުލުހުންގެ ޚިދުމަތުގެ ދަށުން ވަކި ޤާނޫނެއްގެ ދަށުން ހިންގަން ފެށުމާއެކު, މިނިސްޓްރީގެ މަސްއޫލިއްޔަތުގެ ދަށުން ފުލުހުންގެ ޚިދުމަތް ވަކިކޮށްފައިވާކަން މި މަހުގެ 14 ވަނަ ދުވަހު ހޯމް މިނިސްޓަރަށް ރައީސް އޮފީހުން ފޮނުއްވި ސިޓީއެއްގައި ވަނީ އަންގާފައެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ސޮއިކުރައްވައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ; 34/2020 ދިވެހި ފުލުހުންގެ ޚިދުމަތް ކަމުގައި ޤާނޫނުގައި ބަޔާން ކުރާތީއާއި، 34/2020 ގައި ދިވެހި ދިވެހި ފުލުހުންގެ ޚިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގަމުންދާނެ އިދާރާއެއްކަމުގައި ކަނޑައަޅާފައި ނުވާތީ, މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް ހިނގަމުންދާގޮތަށް ހަމަޖައްސާފައިވާ އޮތް އޮތުން, 27 މާޗް 2021 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.

އަދި މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން, 27 މާޗް 2021ން ފެށިގެން މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ގޮތް ލިޔުމުން ފޮނުވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުން ހިންގަވަމުން ގެންދެވުމަށް ދަންނަވަން ރައީސް ވިދާޅުވިކަމަށް މި ސިޓީގައި ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އޭޖީ ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ޤާނޫނުގެ ދަށުން ކޮމިޝަނަރ އޮފް ޕޮލިސްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ އިތުރުން، ވަޒީރުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ވާހަކަ ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުގެ މަތިން މިހާރުވެސް ސަރުކާރުގެ ފަރާތުން ފުލުހުންނާ ގުޅޭގޮތުން އަދާކުރަންޖެހޭ އެކިއެކި ޒިންމާތަކާއި، ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ އަދިވެސް ހަމަ ވަޒީރުކަން ބަޔާންކޮށްފައިވާކަމަށް އޭޖީ ވިދާޅުވިއެވެ.

އޭޖީ އިތުރަށް ވިދާޅުވީ، އެކަމަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.

އޭގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތް ހިންގުމާއި، ބެލެހެއްޓުމާއި، ކޮންޓްރޯލް ކުރުމާއި، އިރުޝާދު ދިނުން ފަދަ ޒިންމާ ޤާނޫނުން ލިބިދީފައި އޮންނަނީ ކޮމިޝަނަރ އޮފް ޕޮލިހަށް ކަމަށް އޭޖީ ވިދާޅުވިއެވެ. އަދި ޤާނޫނުގައި ކަންކަން ތަރުތީބު ކުރެވިފައިވާ ގޮތަށް ބަލާއިރު އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާއާއި، މަޖިލީހަށް ވަޒީރު ޖަވާބުދާރީވެވަޑައިނުގަންނަވާ ގޮތަށް ނޫންކަމަށް އޭޖީ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި