Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2021 | ހޯމަ 17:02
އެމްއެންޑީއެފްއިން ކާށިދޫ ކަނޑުގައި މީގެ ކުރިން ކުރިއަށް ގެންދިޔަ އޮަޕަރޭޝަނެއްގެ ތެރެއިން
އެމްއެންޑީއެފްއިން ކާށިދޫ ކަނޑުގައި މީގެ ކުރިން ކުރިއަށް ގެންދިޔަ އޮަޕަރޭޝަނެއްގެ ތެރެއިން
އެމްއެންޑީއެފް
ކާށިދޫ ކަނޑަށް ޒުވާނަކު ވެއްޓުން
ކާށިދޫ ކަނޑަށް ޒުވާނާ ވެއްޓުނީކަމެއް ނުވަތަ ފުންމާލީކަމެއް ސާފެއް ނޫން: ކެޕްޓަން
އެ ޒުވާނާއަކީ ކެޕްޓަންގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮގެ ދަރިފުޅު
ދޯނީގެ ފަޅުވެރިއެއް އައިސް އެ ޒުވާނާ ދޯނީގައި ނެތްކަމަށް ބުނި
ދޯނި ދަތުރުކުރީ ކާށިދޫގެ ހުޅަނގުން 6 ނޯޓިކަލް މޭލު ބޭރުން

ކާށިދޫ ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފަތާފައި ގޮސް ކާށިދޫއަށް އަރާފައިވާއިރު، އޭނާ ވެއްޓުނީކަމެއް ނުވަތަ ފުންމާލީކަމެއް ސާފުނުވާކަމަށް ދޯނީގެ ކެޕްޓަން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 10:45ހާއިރުއެވެ. އެގޮތުން އެމީހާ ފަތާފައި ގޮސް ކާށިދޫއަށް އަރާފައި މިވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުންވެސް ކުރަމުން ދަނިކޮށްށެވެ.

އެކަން ހިނގި ގޮތް ކިޔައިދެމުން ދޯނީގެ ކެޕްޓަން ޚާލިދު ބުނީ، އެ ޒުވާނާއަކީ އޭނާގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮގެ ދަރިފުޅު ކަމަށެވެ. އެގޮތުން ދޯނި އޭރު ދުއްވާފައި ދިޔައީ ކާށިދޫން 3 މޭލު ކައިރި ރޫޓަކުން ކަމަށް އޭނާ ބުންޏެވެ.

ޚާލިދު ބުނީ އޭނާ ހުންގާނުގައި ހުއްޓައި, ހޯމަ ދުވަހުގެ ހެނދުނު 10:00ހާއިރު ސިގިރޭޓެއް ހޯދުމަށް އެ ޒުވާނާ އައިސް ބުނި ކަމަށެވެ. އަދި ސިނގިރޭޓެއް ދިނުމަށްފަހު، ހުންގާނު އެހެން މީހަކާ ހަވާލުކޮށްފައި އައިސް ކުޑަ ވަގުތުކޮޅަކަށް ނިދާލުމަށްފަހު އަނެއްކާވެސް ހުންގާނާ ހަވާލުވި ކަމަށެވެ.

ޚާލިދު މައުލޫމާތު ދިން ގޮތުގައި އޭނާ ހުންގާނުގައި ހުއްޓައި ދޯނީގެ ފަޅުވެރިއެއް އައިސް އެ ޒުވާނާ ދޯނީގައި ނެތްކަމަށް ބުންޏެވެ. އަދި ދޯނީގެ އެއްވެސް ތަނަކުން އޭނާ ނުފެނުމުން ދޯނި މަޑުކޮށްފައި ގުޅަންޖެހޭ ފަރާތްތަކަށް ގުޅީކަމަށް އޭނާ ބުންޏެވެ. އަދި ފަހުން އޭނާ 2 މޭލު ދުރުން ފަތާފައި ގޮސް ކާށިދޫއަށް އެރީކަމަށާއި, އެހެންނަމަވެސް އޭނާ ވެއްޓުނީކަމެއް ނުވަތަ ފުންމާލީކަމެއް ސާފު ނުވާކަމަށްވެސް ޚާލިދު ބުންޏެވެ.

Advertisement

މި ހާދިސާއާ ގުޅިގެން ރަށުން މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި, މި ހާދިސާއާ މަސްތުވާތަކެއްޗާ ގުޅުމެއްވެއެވެ. އެގޮތުން އެ ޒުވާނާއަކީވެސް މަސްތުވާތަކެތި ބޭނުންކުރާ ޒުވާނެއް ކަމަށް ރަށުން ވާހަކަދެއްކި މީހުން ބުނެއެވެ.

މިކަމާ ގުޅިގެން ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު އެމްއެންޑީއެފުން ބުނީ, ހުޅުމާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކޮށްފައި ދިޔަ ދޯންޏަކުން 25 އަހަރުގެ ޒުވާނެއް ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަނޑަށް ވެއްޓިފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ މި ދޯނި ދަތުރުކުރީ ކާށިދޫގެ ހުޅަނގުން 6 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. މިއީ މުދާ އުފުލާ ދޯންޏެއްކަމަށެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ މީހާ ފަތާފައި ގޮސް ކާށިދޫއަށް އަރާފައިވާ ކަމަށާއި، އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.

އެމީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އޭނާ ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވަނީ ފަތާފައި ގޮސް ރަށަށް އެރުމުގެ ސަބަބުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
19 އޮކްޓޯބަރ 2021 | އަންގާރަ 21:05
ޖިނާ
ފަތާފަގޮސް އޭނަގެ އަމިއްލަ ވަޒަނަށް އެރުމަކީ ސުވާލުކުރަން ޖެހޭވަރު ކަމެއްތަ؟؟