ކ. މާލެ
|
16 އޮކްޓޯބަރ 2021 | ހޮނިހިރު 03:47
ސާފުތާހިރުކަމެއް ނެތަސް ވާ ލޯތްބަކަށް ބަދަލެއް ނާންނަ ކަމަށް ވަނީ ބުނެފައި
ސާފުތާހިރުކަމެއް ނެތަސް ވާ ލޯތްބަކަށް ބަދަލެއް ނާންނަ ކަމަށް ވަނީ ބުނެފައި
ރާއްޖެއެމްވީ
ފެންނުވަރާތީ ލޯތްބަށް ހިޔަނި އެޅުން
ލޯބިވެރިޔާ ފެންނުވަރާތީ ޒުވާން ފިރިހެނެއްގެ ހިތް ހަލާކުވަނީ!
ދެ މީހުން އެކީގައި އުޅެން ފެށިފަހުން އަންހެންމީހާ ފެންވަރަނީ ގިނަވެގެން ދެ ހަފުތާޔަކުން އެއްފަހަރު

ރައްޓެހިވެގެން އުޅޭތާ ތިން އަހަރު ފަހުން ލޯބިވެރިޔާ ފެންނުވަރާތީ ބޮޑުވެގެންވާ ވޭނެއްގައި ދިރިއުޅެން މަޖްބޫރުވެފައިވާ ކަމުގެ ޝަކުވާ އިނގިރޭސިވިލާތުގެ ޒުވާން ފިރިހެނަކު ބަންޑުން ކޮށްލައިފިއެވެ.

ރެޑިޓް ފޯރަމެއްގައި އެޒުވާނާ ބުނެފައިވަނީ ލޯބިވެރިޔާ ފެންވަރަނީ އެންމެ ގިނަވެގެންވެސް ދެ ހަފުތާޔަކުން އެއްފަހަރު ކަމުގައެވެ. އެހެންވެ ދުވާ ވަހުގެ ސަބަބުން އެއް އެނދެއްގައި އޮތުމަށް ކެތްނުކުރެވޭތީ ނިދަންޖެހެނީ ސިޓިން ރޫމުގައި ހުންނަ ސޯފާއެއްގައި ކަމަށްވެސް ބުނެފައިވެއެވެ.

ލޯބިވެރިޔާ ފެންވެރުމާއި ދުރުހެލިކަން އެ ޒުވާނާއަށް ރޭކާލީ ދެ މީހުން އެއް ކޮޓަރިއެއްގައި ދިރިއުޅެން ފެށުމުންނެވެ. އޭގެ ކުރިން އޭނާގެ ސާފުތާހިރުކަން ހުންނަ ގޮތާމެދު ސުވާލު އުފެދޭ ހާލަތެއް ނާންނަކަމަށް ވެސް ބުނެފައިވެއެވެ.

"އަހަރެމެން ދެ މީހުން އެެއް ފުރާޅެއްގެ ދަށުގައި ދިރިއުޅެން ފެށުމުގެ ކުރީގައި މިޒާތުގެ ކަމަކަށް ޝައްކެއްވެސް ނުކުރެވޭ. ދެން އޭރު ފާހަގަ ކުރެވޭ ކަހަލަ ނުބައި ވަހެއްވެސް ނުހުރޭ. ދޭތެރެޔަކުން ޒާތެއްގެ ބަބުރު ވަހެއް ހުއްޓަކަސް އެއީ ދެން ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެކޭ ހިތަށް އަރަނީ. އަހަރެންނަށް މިހާރު މި އެނގެނީ އޭރުވެސް ފެންވެރުމެއް ދޭތެރެޔަކުން ވެސް ވަރަނީ އަހަރެންނާ ބައްދަލުކުރަންވީމާ ކަން" ފިރިހެން މީހާ ބުނެފައިވެއެވެ.

ފެންވެރުމެެއް ނެތަސް ލޯބިވެރިޔާ ދެކެ އަދިވެސް ނުހަނު ބޮޑަށް ލޯބިވާ ކަމަށާއި އެކީގައި އެއް އެނދެއްގައި ނިދަން ވަރަށް ބޭނުން ކަމަށްވެސް ބުންޏެވެ. އެކަމަށް ބޭނުންވާލެއް ބޮޑުކަމުން ވަރަށް އޯގާތެރިކޮށް ރީތިކޮށް ލޯބިވެރިޔާއަށް މައްސަލަ ކިޔައިދީ ފެންވަރާށޭ ބުނީމާ އޭނާ ރުޅި އައިސްގެން މިއީ ކަލެޔާ ކޮން ބެހޭ ކަމެއްހޭ ބުނެފައި ރޯން ފެށީ ކަމަށްވެސް ފިރިހެން މީހާ ބުންޏެވެ. އެކަމާ ހިތްހަލާކުވެގެން ދެން މިހާރު ހަދާނެގޮތް ހުސްވެފައި ހުރި ކަމަށާއި މި މައްސަލަ ހައްލު ކުރާނޭ ގޮތުގެ ލަފަޔަކަށް ރަހުމަތްތެރިންގެ ކިބައިން އެދޭ ކަމަށްވެސް ބުންޏެވެ.

މި ޝަކުވާތައް ފެނިފައި ގިނަ މީހުން ބުނެފައިވަނީ މަދުވެގެން ދުވާލަކު އެއްފަހަރު ފެންވަރާން ލޯބިވެރިޔާ އެއްބަސް ނުވަންޏާ އެންމެ ބުއްދިވެރި ގޮތަކީ ދުރުވެގަތުން ކަމަށެވެ. ވަސްދުވަޔޭ ފެންވަރަން ދާށޭ ބުނުމަކީ ގެވެށި އަނިޔާއަކަށް ހަދައިގެން އަންހެން މީހާ ރޯންޖެހޭ ސަބަބެއް ނެތް ކަމަށްވެސް އެމީހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް
16 އޮކްޓޯބަރ 2021 | ހޮނިހިރު 14:18
އަހަރެން
އެހެން ވެދާނެ އޭނަ ނަފްސާނީ ބައްޔެއް ތަހައްމަލު ކުރާނަމަ ވެސް. އެކަން ޖެހޭނީ ބަލަން ކަމުގެ މާހިރަކާ ވާހަކަދައްކައިގެން. ރާއްޖޭގަވެސް ތިކަން ތިހެން ހިނގާ. ވަރަށް ގާތުން ފެނިފަ ހުރީވެސް. ފެންވަރާހިތް ނުވުން. ދަތް އުނގުޅާހިތް ނުވުން. އޮތްތަނުން ތެދުވާހިތް ނުވާ މީހުންވެސް އުޅޭ. ފަރުވާކޮށްގެން، އެކުގަ އުޅޭ މީހުންގެ އެއްބާރުލުމާއެކު މިއީވެސް ރަނގަޅުކުރެވޭ ކަންކަން.