Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2021 | ހުކުރު 07:37
އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ދ. ކުޑަހުވަދޫ ދާއިރާ
އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ދ. ކުޑަހުވަދޫ ދާއިރާ
ރާއްޖެއެމްވީ
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު
ރ. އިނގުރައިދޫ ދާއިރާ އާއި ތ. ގުރައިދޫ ދާއިރާގެ ދިޔަމިގިލީގައި އަލުން ވޯޓުލާން ނިންމައިފި
ވޯޓުލުން އޮންނާނީ 23 އޮކްޓޯބަރ ވާ ހޮނިހިރު ދުވަހު

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގެ ރ. އިނގުރައިދޫ ދާއިރާގެ ވޯޓާއި ގުޅޭ ޝަކުވާތައް، ޝަކުވާ ހުށަހަޅާ ކޮމިޓީން ބެލުމަށްފަހު ދީފައިވާ ލަފައަށް އިންތިޚާބާ ބެހޭ ކޮމިޓީން ރިއާޔަތް ކުރުމަށްފަހު އެ ދާއިރާގެ ވޯޓު އަލުން ނެގުމަށް ނިންމައިފިއެވެ.

އެމްޑީޕީން ބުނީ ވޯޓުލުން އޮންނާނީ، 23 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00ން ހަވީރު 5:00ށް ކަމަށެވެ. އެގޮތުން ވޯޓުލުން އޮންނާނީ، ރ. އިނގުރައިދޫ ދާއިރާގެ ފައިނު، އިނގުރައިދޫ، އިންނަމާދޫ، ކިނޮޅަސް އަދި ރަސްމާދޫގައެވެ.

މީގެ އިތުރުން، ކޮވިޑްގެ ހާލަތާ ގުޅިގެން 25 ސެޕްޓެމްބަރ 2021 ގައި ވޯޓުލުން ކުރިއަށް ނުގެންދެވުނު ތ. ގުރައިދޫ ދާއިރާގެ ދިޔަމިގިލީގައި ވެސް 23 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00ން ހަވީރު 5:00ށް އެރަށު ސްކޫލްގައި ވޯޓުލުން ކުރިއަށް ދާނެ ކަމަށް ވަނީ ބުނެފައެވެ.

އިނގުރައިދޫ ދާއިރާ އަދި ތ. ގުރައިދޫ ދާއިރާގެ ދިޔަމިގިލީގެ ވޯޓުލުން މާލޭސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެމް.ޑީ.ޕީގެ މައި ހަރުގޭގައެވެ. އަދި މާލޭގައި ބަހައްޓާ ތ. ގުރައިދޫ ދާއިރާގެ ވޯޓު ފޮށްޓަކީ ހަމައެކަނި އެދާއިރާގައި ހިމެނޭ ދިޔަމިގިލީގެ އެމް.ޑީ.ޕީ މެންބަރުންނަށް ވޯޓު ލުމަށް ބަހައްޓާ ފޮށްޓެއް ކަމަށް އެމްޑީޕީން ބުންޏެވެ.

Advertisement

ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު ކުރިޔަށްދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލާން ނިކުމެފައިވަނީ 47،100 މީހުންކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހަށް ކުރިޔަށް އޮތް 5 އަހަރުގެ މުއްދަތަށް މެމްބަރުން އިންތިޚާބުކުރުމަށް ކުރިޔަށްގެންދިޔަ އިންތިޚާބުގައި 93,612 މެމްބަރުންނަށް ވޯޓުލެވެއެވެ. ވޯޓުލާން 47،100 މީހުން ނިކުމެފައިވާއިރު މިއީ ވޯޓުލާން ޖެހޭ މީހުންގެ ތެރެއިން 50.31 އިންސައްތަ މީހުންނެވެ.

މިފަހަރުގެ އިންތިޚާބު ފެނުނީ ވަރަށް ވާދަވެރި އިންތިޚާބެއްގެ ގޮތުގައެވެ. ވަކިން ޚާއްސަކޮށް އިންތިޚާބުގެ ވާދަވެރިކަން ބޮޑުވީ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއެކު އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ސަބަބުންނެވެ. އެހެންކަމުން ވޯޓުލާން ނިކުންނަ މީހުންގެ އަދަދު އިތުރުވާނެކަމަށް ކުރިން ވެސް ވަނީ ބެލެވިފައެވެ.

މި އިންތިޚާބުގައި ވޯޓުލެވޭނެކަމަށް ނިންމާފައިވަނީ ދަފްތަރުގައި ނަން ހިމެނުމަށް އޮތް އެންމެ ފަހު ތާރީޚުކަމުގައިވާ 24 އޭޕްރީލް 2021ގެ ކުރީގެ ތާރީޚެއްގައި އެމީހެއްގެ ނަން ޕާޓީގެ ދަފުތަރުގައި އޮތް މީހުންނަށެވެ. އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެޕާޓީގެ ދަފުތަރުގައި ތިބީ 53139 މެމްބަރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް