ކ. މާލެ
|
14 އޮކްޓޯބަރ 2021 | ބުރާސްފަތި 22:28
ފުލުހުން ލޮކްޑައުން ތެރޭގައި ހަރަކާތްތެރި ވަނީ
ފުލުހުން ލޮކްޑައުން ތެރޭގައި ހަރަކާތްތެރި ވަނީ
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އަތޮޅުތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް އިތުރު
އަތޮޅުތެރެއިން ޕޮޒިޓިވްވެފައިވަނީ 68 މީހުން

އަތޮޅުތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް އިތުރު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފާއިތުވި 24 ގަޑިއިރު ކޮވިޑަށް އިތުރު 94 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން އަތޮޅުތެރެއިން ޕޮޒިޓިވްވެފައިވަނީ 68 މީހުންނެވެ. އޭގެތެރެއިން މާލެ ސަރަހައްދުން 20 މީހުން ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވެފައިވަނީ 6 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 85,932ށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 1,231 ކޭހެއް ގުނަމުން އަންނައިރު މީގެތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 16 މީހަކަށެވެ. ރާއްޖެއިން މިހާތަނަށް މިބަލި ޖެހުނު 84،451 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. 237 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ.

މާލެ ސަރަހައްދުގެ ކޮވިޑް-19ގެ ކޭސްތައް މަދުވާން ފެށުމާއެކު ތަފާތު ގިނަ ލުއިތައް ދެމުންދާ އިރު، އަލަށް މިދެވުނު ލުއިތަކާއި ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިދީފައެވެ. މިލުއިތަކާއެކު ވެކްސިނޭޝަން ޕްރޮގްރާމް މިއަށްވުރެ ހަލުވި ސްޕީޑުގައި ކުރިއަށް ގެންގޮސް, ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އައު އާންމު ހާލަތުގައި މަސައްކަތްކުރުމަށް ކަމާބެހޭފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.


Advertisement
- ކޮމެންޓް