ކ. މާލެ
|
14 އޮކްޓޯބަރ 2021 | ބުރާސްފަތި 13:26
 އަތުލައިގަތް 100 އެއްހާ ކިލޯގެ ހެރޮއިން
އަތުލައިގަތް 100 އެއްހާ ކިލޯގެ ހެރޮއިން
ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
100 އެއްހާ ކިލޯގެ ހެރޮއިންއާއެކު 10 މީހަކު ހައްޔަރުކޮށްފި
 
ތަފާތު 10 ސަރަހައްދެން ބަލާ ފާސްކޮށްފައިވޭ

ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 10 މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް އަދި ފޮރެންސިކް ޓީމުން ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ހިންގި އޮޕަރޭޝަނެއްގައި 100 އެއްހާ ކިލޯގެ ހެރޮއިން އަތުލައިގަނެފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ސީޕީ ހަމީދު ވިދާޅުވީ ހެރޮއިން އަތުލައިގަތީ ތަފާތު 10 ސަރަހައްދުން ކަމަށެވެ.

ރާއްޖެއެމްވިއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 10 ސަރަހައްދަކުން މަސްތުވާތަކެތި އަތުލައިގެން ނަމަވެސް، އެއީ ކޮން ތަންތަނެއް ކަމެއް ހާމަކުރެވެން ނެތް ކަމަށާއި، އެ އޮޕަރޭޝަނަކީ މިހާރު ވެސް ކުރިއަށްދާ އޮޕަރޭޝަނެއް ކަމަށެވެ. އަދި މިކަމުގެ އިތުރު ތަފްސީލު ހާމަކުރެވެން ހުރިމިންވަރަކުން ހާމަކުރަމުންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
25%
75%
0%
0%
0%
0%
ކޮމެންޓް