ކ. މާލެ
|
13 އޮކްޓޯބަރ 2021 | ބުދަ 13:27
އައްޑޫގައި ކޮވިޑް-19 ފެތުރުން- ނިޔާވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެއް
އައްޑޫގައި ކޮވިޑް-19 ފެތުރުން- ނިޔާވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެއް
ސިޓީސް އޮފް ދަ ވޯލްޑް
ކޮވިޑުގެ އިތުރު މަރެއް
ކޮވިޑުގެ އިތުރު މަރެއް، 87 އަހަރުގެ ފިރިހެނެއް
ނިޔާވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެއް
އޭނާ ނިޔާވެފައިވަނީ ރޭގެ 01:31 ހާއިރުކަން
ނިޔާވިއިރު ފަރުވާ ހޯދަމުން ގެންދިޔައީ އައްޑޫ ކޮވިޑު މެނޭޖްމަންޓު ފެސިލިޓީގައި

ރާއްޖެއިން ކޮވިޑު ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ނިޔާވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވެފައިވަނީ ރޭގެ 01:31 ހާއިރުކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.

އޭނާ ނިޔާވިއިރު ފަރުވާ ހޯދަމުން ގެންދިޔައީ އައްޑޫ ކޮވިޑު މެނޭޖްމަންޓު ފެސިލިޓީގައެވެ.

މިއީ ރާއްޖެއިން ކޮވިޑު ބަލީގައި ނިޔާވި 237 ވަނަ މީހާއެވެ.

އޭގެ އިތުރުން، އަންގާރަ ދުވަހުގެރޭ ގދ. ތިނަދޫން ވެސް ކޮވިޑް ބަލީގައި އިތުރު މީހަކު ވަނީ ނިޔާވެފައެވެ. އޭނާއަކީ ރާއްޖެއިން މި ބަލީގައި ނިޔާވި 236 ވަނަ މީހާއެވެ. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ތިނަދޫން ކޮވިޑް ބަލީގައި ނިޔާވި މީހާއަކީ ކޮވިޑް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދިޔަ މީހެއް ކަމަށެވެ.

ނިޔާވީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ނިޔާވީ އަންގާރަ ދުވަހުގެ ފަތިހު 05:21 ގައި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.


Advertisement
- ކޮމެންޓް