ކ. މާލެ
|
13 އޮކްޓޯބަރ 2021 | ބުދަ 12:21
ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)
ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)
ޓްވިޓަރ
ސީލައިފްގެ ވެރިޔާއަށް ދައުވާކުރުން
އައްމަޓީގެ ޝަރީއަތް: ހެކި ހުށަހެޅުން ޑިސެމްބަރުގައި
 
މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގި
 
އައްމަޓީ ހައްޔަރުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި
 
ކުރިއަށް ދިޔައީ 42 ދައުވާގެ ތެރެއިން ބާކީ ހުރި ދައުވާތައް އިއްވުން

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިން ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށްފަހު، ރާއްޖެއިން ބޭރަށްގޮސް ފިލި މައްސަލައިގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮތީ އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ ތެރެއިން ބާކީ ހުރި ދައުވާތައް އިއްވުމެވެ. ވަކިވަކިން ދައުވާތައް އިއްވާފައިވާއިރު، އައްމަޓީ ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފައެވެ. އަދި ތަފްސީލީ ގޮތެއްގައި ދައުވާތަކަށް ޖަވާބުދާރީވުމާއި، ހެކި ހުށަހެޅުމަށް ފުރުސަތެއް ދެއްވުމަށް ވަނީ އެދިފައެވެ. އަދި ޖަވާބުދާރީވުމުގެ އަޑުއެހުން އެއް އަޑުއެހުމެއްގެ ގޮތުގައި ނިންމާލެވިދާނެކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ދައުވާއަށް ތަފްސީލީ ގޮތެއްގައި ޖަވާބުދާރީވުމަށްޓަކައި ގިނަ ލިއެކިއުންތަކެއް ދިރާސާކުރަން ބޭނުންވާކަން ވެސް ދިފާއުން ފާހަގަކުރިއެވެ. އެގޮތަށް ދައުލަތުން ވެސް އިއުތިރާޒު ކޮށްފައެއް ނުވެއެވެ.

އައްމަޓީ ދައުވާތަކަށް އިންކާރު ކޮށްފައިވާތީ ދައުލަތުން ވަނީ ދައުވާތައް ސާބިތު ކުރުމަށް ހެކި ހުށައަޅާފައެވެ. އަދި ހެކި ހުށައަޅަން ވަގުތު ބޭނުންވާކަން ދިފާއުން ފާހަގަކޮށްފައިވާތީ މި މައްސަލަ ބައްލަވާ ގާޒީ ޙަސަން ސައީދު ވަނީ 13 ޑިސެމްބަރު 2021ށް ލިއުމުން ހެކި ހުށައެޅުމަށް އެދިވަޑައިގެންފައެވެ.

ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅެނިކޮށް އައްމަޓީ ހައްޔަރުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، 13 މާރިޗު 2014ގައި ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް އެކުންފުންޏަށް ހަވާލުކުުރެވުނެވެ.

ޕީޖީ އޮފީހުން ބުނީ، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ. އޭރު އޭނާ ފިލައިގެން އުޅެނިކޮށް ހައްޔަރު ކޮށްފައިވަނީ އިންޓަރޕޯލްއިން ރެޑް ނޯޓިސް ނެރެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި