ކ. މާލެ
|
12 އޮކްޓޯބަރ 2021 | އަންގާރަ 23:02
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
އަތޫފް އާތިފް
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ފާއިތުވި 24 ގަޑިއިރު އިތުރު 110 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އަތޮޅުތަކުން 75 މީހުން ވަނީ ޕޮޒިޓިވްވެފައި

ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 110 މީހުން ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުން 26 މީހަކު ޕޮޒިޓިވް ވެފައިވާއިރު އަތޮޅުތަކުން 75 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އަދި ހިނގަމުންދާ ރިސޯޓްތަކުން 9 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 84,292ށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 1,192 ކޭހެއް ގުނަމުން އަންނައިރު މީގެތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 13 މީހަކަށެވެ.

ރާއްޖެއިން މިހާތަނަށް މިބަލި ޖެހުނު 84،292 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އަދި 235 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ބޮޑުވަރުނުވެ ވަކި ވަރެއްގައި ހިފެހެއްޓިފައި ހުންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.


Advertisement
- ކޮމެންޓް