ކ. މާލެ
|
9 އޮކްޓޯބަރ 2021 | ހޮނިހިރު 14:28
ކޮވިޑް-19 ބަލީގައި ނިޔާވާ މީހުން ވަޅުލުމަށް ތައްޔާރުވުމުގެ ތެރެއިން
ކޮވިޑް-19 ބަލީގައި ނިޔާވާ މީހުން ވަޅުލުމަށް ތައްޔާރުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ކޮވިޑް ބަލީގައި މީހަކު ނިޔާވުން
ކޮވިޑްގެ އިތުރު މަރެއް، ޖުމްލަ 234ށް
ނިޔަވީ އުމުރުން 72 އަހަރުގެ އަންހެނެއް

ކޮވިޑް-19 ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދިޔަ އުމުރުން 72 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށެވެ.

އޭނާ ނިޔާވީ ހޮނިހިރު ދުވަހުގެ ހެނދުނު 10:57 ގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 234 ވަނަ މީހާއެވެ.

މި ބަލީގައި އެންމެ ފަހުން މީހަކު ނިޔާވީ ހުކުރު ދުވަހުއެވެ. އެއީ އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 97 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނަ ނިޔާވީ ހުކުރު ދުވަހުގެ ހެނދުނު 07:50 ގައެވެ. މިއީ އައްޑޫއިން ކޮވިޑް-19ގައި ނިޔާވި 4 ވަނަ މީހާއެވެ.


Advertisement
- ކޮމެންޓް